February 28, 2026
Advertisement
ފަނޑިޔާރު ފައިސަލް
ފަނޑިޔާރު ފައިސަލް / ސޯޝަލް މީޑިއާ

ފައިސަލްގެ މައްޗަށް މަނީ ލޯންޑްރިން އާއި ކޮރަޕްޝަންގެ ތުހުމަތު, މައްސަލަ ބަލަނީ

Yana Shareef
ޔާނާ ޝަރީފް
Nov 24, 2025, 04:45 AM

ހައި ކޯޓުގެ ފަނޑިޔާރުކަމުން މިއަދު އިސްތިއުފާ ދެއްވި މުހައްމަދު ފައިސަލްއަށް ކުރެވޭ ކޮރަޕްޝަން އަދި މަނީ ލޯންޑަރިންގެ ތުހުމަތުތަކެއް ބަލަމުންދާ ކަމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފި އެވެ.

Advertisement

ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވި ސަބަބެއް ފައިސަލް ހާމައެއް ނުކުރައްވަ އެވެ. އެކަމަކު އޭނާގެ ސްލޫކީ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވެސް މިހާރު ދަނީ ބަލަމުންނެވެ.

އޭސީސީން މިރޭ ބުނި ގޮތުގައި މައްސަލަ ހުށަހެޅީ ފުލުހުންގެ ފަރާތުންނެވެ. ފައިސަލްގެ މައްޗަށް ތުހުމަތު ކުރެވެނީ ކޮރަޕްޝަން އާއި މަނީ ލޯންޑަރިންގެ މައްސަލައެއްކަމަށާއި އެ މައްސަލަތައް މިހާރު ދަނީ ބަލަމުންކަމަށް އޭސީސީން ބުނެފައިވެއެވެ.

ސަރުކާރުގެ ކޮންޓްރޯލު އޮތް ޖޭއެސްސީން ހައި ކޯޓުގެ ހަތަރު ފަނޑިޔާރެއްގެ މައްސަލަ ވެސް ދަނީ ބަލަމުންނެވެ.

އޭގެ ތެރޭގައި، ޖޭއެސްސީގެ ނައިބު ރައީސްކަމުން މިފަހުން އިސްތިއުފާ ދެއްވި ފަނޑިޔާރު މުހައްމަދު ނިޔާޒު ވެސް ހިމެނެ އެވެ. ހައި ކޯޓުގައި މި ވަގުތު ހުންނެވި އެންމެ ދުވަސްވީ ފަނޑިޔާރު ނިޔާޒް މިހާރު ވަނީ ރިޓަޔާކުރައްވަން ހުށަހަޅުއްވާފަ އެވެ.

މި ސަރުކާރުން ޝަރުއީ ދާއިރާއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެކަމަށް ބުނިނަމަވެސް ފެނިގެންދަނީ ނުފޫޒު ފޯރުވާ މަންޒަރުކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved