March 16, 2026
Advertisement
ފުވައްމުލައް ސިޓީ
ފުވައްމުލައް ސިޓީ / ގޫގުލް

ފުވައްމުލަކު ކައުންސިލްގެ މެންބަރުންނާ ބައްދަލުކުރަން ފެނަކައިން ދެކޮޅު ހަދައިފި

Yana Shareef
ޔާނާ ޝަރީފް
Nov 24, 2025, 04:58 AM

ފެނަކައިން ދޭ ކަރަންޓާއި ނަރުދަމާ އަދި ފެނުގެ ހިދުމަތްތަކުގެ މައުލޫމާތު ހޯދަން އާދިއްތަ ދުވަހު ފުވައްމުލަކުގައި ހުންނަ ފެނަކައިގެ ބްރާންޗުގެ އިސްވެރިންނާ ބައްދަލުކުރަން ދިޔަ އެ ސިޓީގެ ކައުންސިލް މެންބަރުންނާ ބައްދަލުކުރަން އެ ކުންފުނިން ދެކޮޅު ހަދައިފި އެވެ.

Advertisement

ކައުންސިލްގެ ފަރާތުން ފުވައްމުލަކު ފެނަކަ އޮފީހުގެ ވެރިންނާ ބައްދަލުކުރަން ދިޔައީ މޭޔަރު އިސްމާއިލް ރަފީގު، ޑެޕިއުޓީ މޭޔަރު މުހައްމަދު ފިކުރީ އަދި ކައުންސިލަރު އައިމިނަތު އިނާޔާ އެވެ.

އެބޭފުޅުންގެ އިތުރުން ފުވައްމުލަކު މެދު ދާއިރާގެ ކުރީގެ މެންބަރު ހުސެއިން މުހައްމަދު ވެސް ފެނަކަ އޮފީހަށް ވަޑައިގަތެވެ.

ފެނަކައިން ބުނީ ކައުންސިލް މެންބަރުންނާ ބައްދަލު ކުރެވޭނީ އެ ކުންފުނީގެ މައި އޮފީހުން ހުއްދަ ނަގައިގެން ކަމަށެވެ.

ބައްދަލު ކުރަން ދެކޮޅު ހެދުމުން ފެނަކަ އޮފީހުގެ ބޭރުގައި ހުންނަވާ މޭޔަރު އިސްމާއިލް ވިދާޅުވީ ބައްދަލުކުރަން ބޭނުންވީ އެ ރަށުގައި މި ފަހުން ފެނުގެ ނިޒާމަށް ދިމާވި މައްސަލަތަކާއި ކަރަންޓާއި ނަރުދަމާގެ ހިދުމަތާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރަން ކަމަށެވެ.

މި ފަހުން ދިމާވި ފެނުގެ ކާރިސާއަށްފަހު ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ އިން ރަނގަޅު ކުރަން އެންގި ހަތް ކަމުގެ ތެރެއިން އެއްވެސް ކަމެއް ރަނގަޅުކޮށްފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved