theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ހަބަރު
އޭސީސީއިން ބަލަނީ ސަމާހުގެ އެމްޑީކަމުގައި އޯޑަރު ކުރި ޖަނަރޭޓަރުތަކެއްގެ މައްސަލަ!
16 ޖެނުއަރީ 2026
މާލެ ސިޓީ

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ބަލަމުން ދަނީ ސްޓެލްކޯގެ އެމްޑީ ކަމުގައި އަހުމަދު ސަމާހު ހުރެ ޖަނެރޭޓަރުތަކެއް ގެންނައުމުގައި ކޮރަޕްޝަން ހިންގާފައިވާ މައްސަލައެއް ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ނަން ހާމަނުކުރުމަށް އެދި މައުލޫމާތު އެނގި ހުރި މީހަކު ބުނެފައިވަނީ، ސްޓެލްކޯގެ އެމްޑީ، ކަމުން ސަމާހް ވަކިކުރީ އެތަނަށް ގެނައި 14 ޖަނަރޭޓަރު އަސްލު އަގަށް ވުރެ އެއްޗަކަށް 400.000 ލައްކަ ޑޮލަރު ބޮޑުކޮށް ޖަހައިގެން ޖުމްލަ ކަޓަށް 100 މިލިއަން ރުފިޔާ ނަގާ އޭގެ %50 ބޯޑް މެންބަރުންނާ ޕްރޮކިއުމަންޓް ހެޑަށް ބައިއެޅޭ ގޮތަށް ކަންކަން ރާވާ ހިންގާފައިވާތީއެވެ.

އެހެންކަމުން އޭސީސީ އިންވެސް ބަލަނީ މި މައްސަލަ ކަމަށާ ސަމާހު ގެންދަނީ މިކަން އޮއްބާލެވޭތޯ ސަރުކާރުގެ އެކިއެކި ވެރިންނަށް ގުޅާ ވަރަށް މަސައްކަތް ކުރަމުން ކަން ވެސް މައުލޫމާތު ލިބިފައިވެއެވެ.

ސްޓެލްކޯގެ އެމްޑީކަމަށް ރައީސް މުހައްމަދު މުއިއްޒު ސަމާހު އައްޔަންކުރީވެސް ވައްކަމާ ކޮރަޕްޝަންގެ ތުހުމަތުގައި ޕީސީބީއިން މިފްކޯގެ އެމްޑީކަމުން ވަިކޮށް، ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް ހުއްޓާކަން ވެސް ފާހަގަކޮށްލެވެއެވެ.

އެހެންކަމުން ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ސަމާހު ހިންގާ ކޮރަޕްޝަނުން ބައި ރައީސް މުއިއްޒަށްވެސް އެޅިގެންދާނެއެވެ.

ސަމާހު މަގާމުން ވަކިކުރި ފަހުން އޭނާ ކަމަށް ބެލެވޭ މީހެއްގެ އޯޑިއޯއެއް ލީކުވެފައިވެއެވެ. އެ އޯޑިއާގައި އެމީހަކު ބުނާ އަޑު އިވިގެން ދަނީ ސްޓެލްކޯ ތެރެއިން އޭނާ ކުރަމުން އަންނަ ކަންކަން އެނގޭ ނަމަ ނޯށުން ރޯނެ ކަމަށެވެ.

ކޮމެންޓު
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved
Zakiyya, vee kihineh?