February 28, 2026
Advertisement
-
- / ތޭރަ އޮންލައިން

ސްޓެލްކޯގެ ޕްރޮކިއުމަންޓް ހެޑްގެ މަގާމުން އަޒްހަދު ވަކިކޮށްފި

Jan 12, 2026, 03:29 AM
މާލެ ސިޓީ

ސްޓެލްކޯގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު އަޒްހަދު ރަމީޒު މަގާމުން ދުރުކޮށްފިއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި އަޒްހަދު އެ މަގާމުން ވަކިކޮށްފައި މވަނީ، މިއަދު އެ ކުންފުނީގެ އެމްޑީގެ މަގާމުން ވަކިކުރި އަހުމަދު ސަމާހަށް ފަހު، ވަގުތީ ގޮތުން އެ ކުންފުނި ހިންގުން ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު، ޑރ. އަލީ އަޒްވާރާ ހަވާލުކޮށްފައި ވަނިކޮށެވެ.

އެ މަގާމުން ދުރުކުރި ނަމަވެސް، އަޒްހަދު ސްޓެލްކޯއަކުން ވަތްކެއް ނުކުރެއެވެ.

ޝަމާހު ވަކިކޮށްފައިވަނިކޮށް މިއަދު ވަނީ ސޯޝަލް މީޑިއާގައި, އީނާ ކަމަަށް ބުނާ މީހަކު ވާހަކަދައްކާ އޯޑިއޯއެއް ލީކުވެފައިވެއެވެ. ލީކުވެފައިވާ އޯޑިއޯގައި ސަމާހު ކުންފުނީގެ އެތެރޭގައި "ކުރަން އުޅުނު ކަންތައްތައް" އެނގޭނީ ކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު އަޒްހަދާއި އިތުރު އެހެން މީހަކަށް ކަމަށް ބުނެއެވެ.

ސަމާހު ކަމަށާ ބެލެވޭ މީހަކު އެފަދައިން ބުނާ އޯޑިއޯ ލީކުވެފައި ވަނިކޮށް، އަޒްހަދު މިވަނީ މަގާމުން ދުރުކޮށްފައެވެ.

ބެލެވޭ ގޮތުގައި އެ ކުންފުނިން އެ ދެބޭފުޅުން ވެސް ވަކިކޮށްފައި މިވަނީ ކޮރަޕްޝަންގެ ތުހުމަތުގައެވެ.

ބައެއް މީޑިޔާތަކުގައި ސަމާހުއާ ހަވާލާދީ ބުނެފައިވަނީ އެ އޯޑިއޯއަކީ ފޭކު އޯޑިއޯއެއް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved