March 23, 2026
Advertisement
އުނގޫފާރު ދާއިރާއަށް ޕީއެންއެފްގެ ފަރާތުން ވާދަކުރައްވާ އަލީ ފާރޫޤް
އުނގޫފާރު ދާއިރާއަށް ޕީއެންއެފްގެ ފަރާތުން ވާދަކުރައްވާ އަލީ ފާރޫޤް / ތޭރަ އޮންލައިން

އެމްއާރްއައިގެ ހިދުމަތް އެންމެ ފުރަތަމަ ރާއްޖޭގައި ދޭން ފެށީ ރައީސް ޔާމީންގެ ޒައާމަތުގައި: ފާރޫޤް

Aishath Naja
އައިޝަތު ނަޖާ
Mar 4, 2024, 03:05 AM
މާލެ ސިޓީ

ދިވެހި ރައްޔިތުންނަށްޓަކައި އެމްއާރްއައި ސްކޭންގެ ހިދުމަތް ގައުމީ ހޮސްޕިޓަލްގައި ފެއްޓެވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޒައާމަތުގައި ކަމަށް އުނގޫފާރު ދާއިރާއަށް ޕީއެންއެފްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓް އަލީ ފާރޫޤް ވިދާޅުވެއްޖެއެވެ.

Advertisement

ފާރޫޤް މިފަދައިން ވިދާޅުވެފައިވަނީ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބަށް ޕީއެންއެފްގެ ފަރާތުން ވާދަކުރައްވާ ކެންޑިޑޭޓުންގެ ސިޔާސަތު ހާމަކުރުމަށް ސިލްސިލާގޮތެއްގައި ބާއްވަމުން އަންނަ ޖަލްސާ ތަކުގެ ތެރެއިން އާދިއްތަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ފާރޫޤް ވިދާޅުވީ އުނގޫފާރު ހޮސްޕިޓަލްގައި އެމްއާރްއައި ސްކޭންގެ ހިދުމަތް ލިބެން ނެތުމަކީ ވަރަށް ކަންބޮޑުވާކަމެއް ކަަމަށެވެ.

އުނގޫފާރު ދާއިރާގެ އެެއްވެސް ރަށެއްގެ ހޮސްޕިޓަލްގައި އެ ހިދުމަތް ނުލިބެގެން އެ ދާއިރާގެ ރައްޔިތުން ހިދުމަތް ހޯދުމަށް ދަތުރުކުރައްވަން ޖެހެނީ އެ އަތޮޅާ ދުރު ހިސާބެއްގައި އޮންނަ ހދ.ކުޅުއްދުއްޓަށް ކަމަށްވެސް ފާރޫޤް ވިދާޅުވިއެވެ.

މި ވާހަކަ ދަންނަވާލަން މިޖެހުނީ، ހަގީގަތުގައި ދިވެހި ރައްޔިތުންނަށްޓަކައި، ދިވެހިރައްޔިތުންގެ ގައުމީ ހޮސްޕިޓަލްގައި އެމްއާރްއައި ހިދުމަތް ފެއްޓެވި ބޭފުޅަކީ އަޅުގަނޑުމެންގެ ޒައީމް ރައީސް ޔާމީން

އަލީ ފާރޫޤް ވިދާޅުވިއެވެ.

ފާރޫޤް އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ފަހަތްޕުޅުގައި ހުންނަވަނީ އެެއްވެސް ސަބަބެއް ނެތި ނޫންކަމަށެވެ.

އެމަނިކުފާނަކީ ދިވެވި ރައްޔިތުންނަށްޓަކައި އެތައް ހިދުމަތެއް ރާއްޖޭގައި ދޭން ފެށި އެންމެ ފުރަތަމަ ފަރާތްކަމަށް ވިދާޅުވެ ފާރޫޤް ވަނީ ރައީސް ޔާމީނަށް ތައުރީފް ކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved