ރައިސް ޑރ. މުޙައްމަދު މުއިއްޒު ޤައުމު ސުންނާފަތިކޮށްލައިފި ކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
މަލީހު މިފަދައިން ވިދާޅުވީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައިއެވެ.
ޕްރައިމަރީއާއި ގުޅިގެން އެމްޑީޕީގެ ތެރޭގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ކުރީގެ ރައިސް މުހައްމަދު ނަޝީދް މިވަނީ ދެން ރަނގަޅު ގޮތަކީ އިބްރާހިމް މުހައްމަދު ޞާލިހާއި އެމަނިކުފާނުު ރިޔާސީ ރޭހަށް އެކުގައި ނުނިކުތުންކަމަށް ވިދާލުވެފައެވެ.
މިކަމާގުޅިގެން މަލީހު ވިދާޅުވީ، ޕާޓީތަކުގެ އެންމެ އިސްބޭފުޅުން ރިޔާސީ ރޭހަށް ނުނިކުންނަ ވާހަކައަކީ ތާކުންތާކު ޖެހޭ ވާހަކައެއް ނޫންކަަމަށެވެ.
މަލީހު ވިދާޅުވީ، އެކަމުން ޤައުމަށާއި ޕާޓީއަށް ލިބޭނީ ގެއްލުންކަމަށެވެ. އަދި މިހާރު ވެރިކަމުގައި ހުންނެވި މުއިއްޒަކީ އޭގެ މިސާލެއް ކަމަށް ވިދާޅުވެ މަލީހު އިތުރަށް ވިދާޅުވީ، ރައިސް މުއިއްޒު މި ޤައުމު ސުންނާފަތިކޮށްލައިފި ކަމަށެވެ.
ޕާޓީތަކުގެ އެންމެ އިސްބޭފުޅުން ރިޔާސީ ރޭހަށް ނުނިކުންނަ ވާހަކައަކީ ތާކުންތާކު ޖެހޭ ވާހަކައެއް ނޫން. އެކަމުން ޤައުމަށާއި ޕާޓީއަށް ލިބޭނީ ގެއްލުން. އޭގެ މިސާލެއް މިހާރު މިހިރަ މުއިއްޒަކީ. ޤައުމު ސުންނާފަތިކޮށްލައިފި. pic.twitter.com/nZs57cdWTS
— Mohamed Maleeh Jamal (@maleehjamal) November 25, 2025