theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ކުރީގެ ޕީޖީ މުއިއްޒު / މަޖިލިސް
ސިޔާސީ
މުއިއްްޒުގެ ނުރުހުން ރައީސް މުއިއްޒުގެ ސަރުކާރަށް
Yana Shareef
ޔާނާ ޝަރީފް
26 ނޮވެމްބަރު 2025

މި ސަރުކާރުގެ އަމަލުތައް ހުންނަ ގޮތުން ކަންބޮޑުވުން ފާޅުކުރައްވާ ރައީސް ޑރ.މުހައްމަދު މުއިއްޒަށް ސްޓެލްކޯގެެ ޑީއެމްޑީ ފާތިމަތު މުޒްނާގެ ބޭބެ, އަދި ކުރީގެ ޕީޖީ އަހުމަދު މުއިއްޒު ސުވާލުތަކެއް ކުރައްވައިފިއެވެ.

މަޝްވަރާއެއް ހިޔާލެއް ހޯދުމެއް ނެތި ބޮޑެތި ނިންމުންތައް ނިންމުމާއި ހިންގުމުގެ ދޯދިޔާ ކަމާއި، ނުފޫޒުން މަގާމު ބެހުމާއި ހިޔާނާތުން މުއްސަނދިކޮށް ދިނުން، އަދި ކޯޓަށް ނުފޫޒު ފޯރުވާ ކަމަށް ކުރެވޭ ތުހުމަތުގެ ހިމެނޭ ގޮތަށް ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް އަހުމަދު މުއިއްޒު މިރޭ ރައީސް މުހައްމަދު މުއިއްޒުއާ ކުރެއްވި ހޫނު ސުވާލުތަކަށް ޖަވާބު ދެއްވާފައިނުވެއެވެ.

ޕީޖީ މުއިއްޒު ސުވާލު ކުރައްވާފައިވަނީ މައްޗަންގޯޅި ރައްޔިތުންނާ ބައްދަލުކުރުމަށް ރައީސް މުއިއްޒު ބޭއްވި ޖަލްސާގެ ތެރެއިންނެވެ.

ރައީސް މުއިއްޒު ހުވާ ކުރެއްވި ވަގުތުން ފެށިގެން ސަރުކާރުން ކޯޓުތަކަށް ނުފޫޒު ފޯރުވުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވާ ވާހަކައަށް އިޝާރާތް ކުރައްވައި ޕީޖީ މުއިއްޒު މިސާލެއްގެ ގޮތުގައި ނެންގެވީ ސުޕްރީމް ކޯޓުގެ ބެންޗުގެ އަދަދު ހަތަކުން ނުވައަކަށް ބަދަލު ކުރަން ހުށަހަޅާފައިވާ ބިލެވެ. ފާޑުކިޔުން އަމާޒުވުމާއެކު އެ ބިލް ތަސްދީގު ނުކުރައްވައި އަނބުރާ ފޮނުވައިލުމަށް ފަހު މަޖިލީހުގައި އެ ބިލް އޮތީ ޕާކުކޮށްފަ އެވެ. ބިލް ހުށަހެޅުއްވީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ގާނޫނުއަސާސީއަށް އިސްލާހު ގެންނައިރު ޖޭއެސްސީ އެކުލެވިގެންވާ ގޮތް ބަދަލު ނުކޮށް، އެ ކޮމިޝަންގެ ރައީސް އަކަށް ސަރުކާރު ހިންގާ ޕާޓީގެ މެންބަރަކު ބަހައްޓަވާތީވެސް ޕީޖީ މުއިއްޒު ފާޑުވިދާޅުވިއެވެ.

ސިޔާސީ މަގާމުތައް ގިނަކަން ފާހަގަ ކުރައްވައި ޕީޖީ މުއިއްޒު ވިދާޅުވީ، އެ މަގާމުތަކަށް މީހުން އައްޔަން ކުރަމުން ގެންދަނީ ކޮންމެހެން މަގާމަކަށް މީހަކު އައްޔަން ކުރުމަށް ނޫން ކަމަށާއި "ރައީސުލްޖުމްހޫރިއްޔާގެ ޒާތީ މަސްލަހަތެއް ހިމާޔަތް ކުރައްވަން" ކަމަށް ގަބޫލު ކުރެވޭކަމަށެވެ.

އެމްބަސީތަކަށް މުވައްޒަފުން ގިނަކުރާ ކުރުން، ހާއްސަކޮށް މެލޭޝިއާ އާއި ސްރީލަންކާގައި ހުންނަ ދިވެހި ހައި ކޮމިޝަނަށް އައްޔަންކޮށްފައިވާ މީހުން ގިނަވުން ވެސް މައްސަލައެެއްގެ ގޮތުގައި ވެސް ޕީޖީ މުއިއްޒު ފާހަގަކުރެއްވިއެވެ.

ޕީޖީ މުއިއްޒުގެ ސުވާލު ތަކަށް ރައީސް މުއިއްޒު ޖަވާބު ނުދެއްވި ނަމަވެސް އެ މަނިކުފާނު ޖަވާބު ދެއްވަން ބޭނުންވި ކަންކަމުގައި ޖަވާބު ދެއްވިއެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved