theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ތޭރަ އޮންލައިން
ސިޔާސީ
ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެންމެ ބުރަ މަސައްކަތް ކުރަނީ ޕީއެންއެފާއި ޗެނަލް 13އިން: ރައީސް ޔާމީން
Yana Shareef
ޔާނާ ޝަރީފް
27 ނޮވެމްބަރު 2025

ސަރުކާރު ޖަވާބުދާރީ ކުރުވުމަކީ ރައްޔިތުންގެ މަޖިލީހުގެ ޒިންމާ ނަމަވެސް އެ ޒިންމާ އަދާކުރުމުގައި މަޖިލިސް ފެއިލްވެއްޖެކަމަށް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޕީއެންއެެފްގެ ބުރާސްފަތި ދުވަހުގެ ރޭ އޮތް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ ސަރުކާރު ޖަވާބުދާރީ ކުރުމަށް ރައްޔިތުންގެ މަޖިލިސް ނުކުޅިދިފައިވާތީ އެކަން ކުރަނީ ޕީއެންއެފްއިންކަމަށެވެ. އެގޮތުން ސަރުކާރުން އެންމެ ފައިސާއެއްވެސް އެ ޕާޓީން ނަގާފައި ނުވާނެކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައްޔިތުންގެ ގިނަ ބަޔަކު މިއަދުވެސް ބަލަނީ ޗެނެލް ތޭރަކަމަށާއި ސަރުކާރު ޖަވާބުދާރީކުރުވުމަށް ވަކިކޮޅަކަށް ނުޖެހި ރިޕޯޓުތަށް ވެސް ގެނެސް ދެނީ ޗެނަލް ތޭރާއިންކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ. އަދި އެ ޓީވީ ސްޓޭޝަން ހިންގާކަށްވެސް ދައުލަތުން ލާރި ނަގާފައިނުވާނެކަމަށާއި މީގެކުރިިންވެސް ނަގާފައިނުވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ހަގީގަތުގައި ރައްޔިތުންނަށްޓަކައި ސަރުކާރު ޖަވާބުދާރީ ކުރުވަން އެއީ ރައްޔިތުންގެ މަޖިލިސް ފެއިލްވެފައި އޮތީމާ އެކަމަކު ގާނޫނު އަސާސީގައި އަޅުގަނޑުމެން ކުރަންޖެހޭ ކަމަކީ އެއީ... އެހެންކަމަށްވަންޏާ އެންމެ ބުރަ މަސައްކަތް ކުރަނީ މި ޕާޓީން

- ރައީސް ޔާމީން

ރައީސް ޔާމީން އިތުރަށް ވިދާޅުވީ ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ކަނޑާލައިގެން އެމަނިކުފާނަށް ވާނެ ގެއްލުމެއް ނޯންނާނެކަމަށެވެ. ގެއްލުމެއް ވިޔަސް ވާނީ އަދުގެ ރައީސް މުއިއްޒު ވެރިކަމުން ފައިބައިވަޑާއިގަތީމަ އެމަނިކުފާނަށް ކަމަށް ރައީސް ޔާމީން ވިދާޅުވިއެެވެ.

އެމަނިކުފާނުގެ ވާހަކަތަކޭ ކިޔާފައި ޕީޖީ ލީޑަރު ފަލާހުމެން ވާހަކަ ދައްކަންޏާ ފަލީހަވާނީ ހަމަ އަމިއްލަ މީހާކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ސަރުކާރަށް ފާޑުކިޔުން އަމާޒުކުރައްވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved