March 15, 2026
Advertisement
 ވޯޓުލުން ކުރިއަށް ދަނީ
ވޯޓުލުން ކުރިއަށް ދަނީ / ސޯޝަލް މީޑިއާ

ލޯކަލް ކައުންސިލް އިންތިޚާބު އަންނަ އޭޕްރިލް 4 ގައި

Faina Faiz
ފައިނާ ފާއިޒް
Dec 4, 2025, 11:34 PM
މާލެ ސިޓީ

ލޯކަލް ކައުންސިލް އިންތިޚާބު އޮންނާނީ އަންނަ އަހަރުގެ މާރޗު 4 ގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.

Advertisement

ކުރިން އެ ކޮމިޝަނުގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވި ގޮތުގައި ލޯކަލް ކައުންސިލް އިނތިޚާބު އޮންނާނީ، މާރޗު މަހުގެ 28 ވަނަ ދުވަހުއެވެ. މި ތާރީހު ލަސްވި ވަގުތެއް އެ ކޮމިޝަނުން ހާމަކޮށްފައިއެއް ނުވެއެވެ.

ނަމަވެސް މިއަދު އެ ކޮމިޝަނުން އިއުލާން ކުރި ގޮތުގައި މި އިންތިޚާބު ގެ ތާރީހު މިވަނީ އޭޕްރިލް 4 ވަނަ ދުވަހު ބޭއްވުމަށް ކަނޑައެޅިފައި ކަމަށެވެ.

މި އިންތިހާބުގައި 226 ދާއިރާއަކުން ލޯކަލް ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކަށް މީހުން އިންތިހާބު ކުރަން ހަމަޖެހިފައިވާ އިރު، އިންތިޚާބުގައި ވޯޓުލާ މަރުކަޒުތަކުގައި 7،000 އަށް ވުރެ ގިނަ އޮފިޝަލުން ހޯދަންވެސް އީސީއިން ވަނީ އިއުލާން ކޮށްފައިއެވެ.

މީގެ އިތުރުން އިންތިޚާބުގެ މަސައްކަތައް ބޭނުންވާ މީހުން ހޯދުމަށްވެސް އެ ކޮމިޝަނުން ވަނީ އިއުލާންކޮށްފައިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved