March 16, 2026
Advertisement
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި
ރައީސް ޔާމީން ޕީއެންއެފް ޖަލްސާގައި / ތޭރަ އޮންލައިން

މިރޭ އޮންނަ ޕީއެންއެފްގެ ފޯރިގަދަ ޖަލްސާއަށް ގައުމު ދެކެ ލޯބިވާ އެންމެންނަށް ދައުވަތު އަރުވައިފި

Faina Faiz
ފައިނާ ފާއިޒް
Dec 5, 2025, 12:25 AM
މާލެ ސިޓީ

ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ފޯރިގަދަ ޖަލްސާއެއް މިރޭ އޮންނާނެ ކަމަށާ އެ ޖަލްސާގައި ގައުމު ދެކެ ލޯބިވާ ހުރިހާ ފަރާތްތަކުން ބައިވެރިވުމަށް އެ ޕާޓީއިން ދައުވަތު އަރުވައިފިއެވެ.


ޕީއެންއެފުން ހާމަކުރި ގޮތުގައި ޖަލްސާ އޮންނާނީ ހ. ދޫވެހީގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އެ ޕާޓީގެ އޮފީހުގައެވެ. ޖަލްސާ ފެށޭނީ މިރޭ 8:45 ގައި ކަމަށް ވެސް ޕާޓީއިން ހާމަކޮށްފައިވެއެވެ.

ޖަލްސާގައި އެ ޕާޓީގެ ރައީސް، ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވެވަޑައިގެން އިންސާފުކޮށްދެއްވާނެ ކަމަށާ ވީހާ ވެސް ގިނަ ބަޔަކު ޖަލްސާގައި ބައިވެރުވުމަކީ އެ ޕާޓީގެ ވަރަށް ބޮޑު އެދުމެއް ކަމަށްވެސް ހާމަކޮށްފައިވެއެވެ.

ޕީއެންއެފްގެ ޖަލްސާތަކުގައި ގައުމުގައި ހުރި ކަންކަމަށް އަލި އަޅުވާލާ ވާހަކަ ދައްކައެވެ. އަދި އެކަން ކަން ހައްލުކުރަން ސަރުކާރުން މަސައްކަތް ކުރަމުން ނުދާތީ ސަރުކާރު ޒިންމާދާރު ކުރުވަން އެ ޕާޓީއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޕީއެންްއެފްގެ ޖަލްސާތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބެމުން ދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved