March 19, 2026
Advertisement
-
- / އަލްޖަޒީރާ

ސަހްޔޫނީންގެ މަލްވެއަރ އެއް ދުނިޔޭގެ ސްމާޓްފޯނުތަކަށް ސިއްރުން ފަތުރާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 6, 2025, 11:32 PM
މާލެ ސިޓީ

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހުރި ސްމާޓްފޯނުތަކަށް ސިއްރުން ސަހްޔޫނީންގެ މަލްވެއަރ އެއް ފަތުރަމުންދާ ކަމަށް ބުނެ ގިނަ ރިޕޯޓުތަކެއް އަންނަނީ އޮންލައިންކޮށް ދައުރުވަމުންނެވެ. މި ތުހުމަތުތައް ބުނާ ގޮތުގައި ސަހްޔޫނީ ދައުލަތާއި ގުޅުންހުރި ފަރާތްތަކުން ވަނީ އެއްވެސް ލިންކަކަށް ފިތުމެއް ނެތި، ހަމައެކަނި ސޯޝަލް މީޑިއާ އިޝްތިހާރުތައް ބަލާލުމުންވެސް ސްމާޓްފޯނުތަކަށް އަސަރުކުރާ މި މަލްވެއަރ ފަތުރާފައެވެ.

Advertisement

މި ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި މި މަލްވެއަރ ގުޅިފައިވަނީ "އިންޓެލެކްސާ" ކިޔާ ސަހްޔޫނީންގެ ސަރވޭލަންސް ކުންފުންޏަކާ އެވެ. މި ކުންފުނީގެ ސަބަބުން ކެމެރާ، މައިކްރޯފޯން، މެސެޖް، އީމެއިލް، ފޮޓޯ، ފައިލް، ބްރައުޒިން ހީސްޓްރީ، އަދި ޖީޕީއެސް ލޮކޭޝަން ހިމެނޭ ގޮތަށް ފޯނުތަކަށް ފުރިހަމަ އެކްސެސް ލިބޭ ކަމަށް ވެއެވެ.

މި މަލްވެއަރގެ ސަބަބުން ދުނިޔޭގެ އެތައް މިލިއަން ޔޫޒަރުންނަށް ނޭނގި ސަހްޔޫނީންގެ ފަރާތުން މޮނިޓަރ ކުރެވިފައިވާ ކަމުގެ ތުހުމަތުތައް ވަރަށް ބޮޑަށް ކުރެވެމުންދެއެވެ. މި މަލްވެއަރ ބެކްގްރައުންޑްގައި ހިމޭންކަމާއެކު މަސައްކަތް ކުރަމުންދާ ކަމަށް ބެލެވޭތީ، ޝިކާރައަކަށްވާ މީހުންނަށް އެމީހުންގެ ޑިވައިސްތަކުގައި އާދަޔާ ހިލާފު އެއްވެސް ކަމެއް ފާހަގަކުރުން ދަތިވެއެވެ.

ސައިބަރ ސެކިއުރިޓީގެ ތަޖުރިބާކާރުން ބުނާ ގޮތުގައި "މަލްވަޓައިޒިން" ގެ ނަމުން މަޝްހޫރު އޮންލައިން އެޑް ބެސްޓް އެޓޭކްތަކަކީ ހަގީގީ ނުރައްކަލެކެވެ. ނަމަވެސް، މި ފަދަ ބޮޑެތި ދައުވާތައް މިނިވަން ސެކިއުރިޓީ ރިސާޗަރުންނާއި ރަސްމީ ޓެކްނޮލޮޖީ ކުންފުނިތަކުން ޔަގީން ކުރަން ޖެހޭ ކަމަށް އެމީހުން ފާހަގަކުރެއެވެ.

މިފަދަ ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި، ފޯނު އަޕްޑޭޓްކޮށް ބެހެއްޓުމާއި، ރައްކާތެރި ނޫން ވެބްސައިޓްތަކުން ދުރުހެލިވުމާއި، އިތުބާރު ހުރި ސައިބަރ ސެކިއުރިޓީ އޮތޯރިޓީތަކުން ދޫކުރާ އަޕްޑޭޓްތަކަށް ބަރޯސާވުމަށް ތަޖުރިބާކާރުން އިލްތިމާސް ކުރެއެވެ. މި ހަމަލާތަކާ ބެހޭ އިތުރު ތަފްސީލުތައް ސައިބަރ ސެކިއުރިޓީ އޮތޯރިޓީތަކުން ދިރާސާ ކުރަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

ސަހްޔޫނީންނަކީ މިފަދަ އެތައް ކަމެއްގެ ތުހުމަތު އަމާޒުވެފައިވާ ބަޔަކަށްވާއިރު އެމީހުން އަންނަނީ ދުނިޔޭގެ ކޮންޓްރޯލް ނެގުމަށް ވަކިން ޚާއްސަކޮށް މުސްލިމުން ނައްތާލުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved