March 15, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ތިނަދޫ ސިޓީއަށް ބޯކޮށް ވާރޭވެހި ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 7, 2025, 06:15 PM
މާލެ ސިޓީ

ގ.ދ ތިނަދޫ ސިޓީއަށް ރޭގެ ވަގުތެއްގައި ވެހުނު ބޯ ވާރެއާ ގުޅިގެން ރަށުގެ ގިނަ ސަރަހައްދުތަކެއް ފެން ބޮޑުވެ، ގިނަ ގެތަކަކަށް އެކިވަރުގެ ގެއްލުންތައް  ލިބިއްޖެއެވެ.

Advertisement

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނީ ރޭ ދަންވަރުން ފެށިގެން މިއަދު ހެނދުނު 8:30 ވަންދެން ބޯކޮށް ވާރޭވެހުމުގެ ސަބަބުން ރަށު ތެރޭގައި ފެންބޮޑުވެ ގިނަ އަދަދެއްގެ ގެއަށް ފެން ވަދެ ބައެއް ގެތަކަށް ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ ރަށުގެ ވަރަށް ގިނަ ގޭގެއަށް ފެން ވަދެ، ބައެއް ގެތަކުގައި ކޮޓަރިތަކުގައިވެސް ފެންބޮޑުވެ، އެނދާއި އެހެނިހެން ފަރުނީޗަރުތަކަށްވެސް ވަނީ ގެއްލުން ލިބިފައެވެ. ނަމަވެސް މި ހާދިސާގައި ފެން ވަދެފައިވަނީ ސީދާ ކިތައް ގެއަށް ކަމެއް އަދި ސާފުވާ ގޮތެއް ނުވެ އެވެ.މި ވާރޭގައި އެރަށުގައި ހުންނަ އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލަށް ވެސް ވަނީ ފެން ވަދެ، އެތައް ގެއްލުންތަކެއް ލިބިފައިކަމަށް ވެސް މައުލޫމާތުލިބެއެވެ.

އެމްއެންޑީއެފުން ބުނީ ބޯކޮށް ވާރޭވެހި ތިނަދޫ ސިޓީގެ މަގުތަކުގައި ފެންބޮޑުވަމުން ދާތީ، ފެން ހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ތިނަދޫ ފަޔަރ ސްޓޭޝަންގެ ފަޔަރފައިޓަރުން ހަރަކާތްތެރިވަމުންދާކަމަށާއި، އެ ރަށުގެ މަގުތަކުން ފެން ހިންދަން ތިން ސަރަހައްދެއްގައި ޕަންޕު ބަހައްޓައިގެން ސިފައިން އެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފެން ވަދެ ގެއްލުން ލިބުނު ގެތަކުގެ އަދަދާއި ލިބުނު ގެއްލުމުގެ ތަފްސީލްތައް ތިނަދޫ ސިޓީ ކައުންސިލުން ދަނީ އެއްކުރަމުންނެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވިއްސާރަކޮށްފައިވަނީ ގދ. އަތޮޅުގެ ރަށްރަށަށެވެ. އެގޮތުން އެންމެ ބޯކޮށް ވިއްސާރަކުރީ ގދ. ކާޑެއްދޫއަށާއި ގދ. ފަރެސްމާތޮޑާއަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved