March 15, 2026
Advertisement
.
. / ރައީސް އޮފިސް

ހަލީމަތު ރައީސް މުއިއްޒަށް: ރައްޔިތުންގެ ޚިޔާލު ނުހޯދާ ކަންކަން ނިންމަމުން ގެންދަނީ ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން ނޫން!

Mariyam Isaadha
މަރިޔަމް އިސާދާ
Dec 8, 2025, 04:32 AM
މާލެ ސިޓީ

ރައްޔިތުންގެ ޚިޔާލު ނުހޯދާ ރައްޔިތުންގެ ބާރު އަތަށް ނެގީ، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ފަޅީގައި ހުރެގެން ނޫން ކަމަށް، ޕީއެންއެފްގެ ސެނެޓަރގެ މަގާމުގައި ހުންނެވި ހަލީމަތު ޒުހެއިރާ ވިދާޅުވެއްޖެއެވެ.

Advertisement

ހަލީމަތު މިފަދައިން ވިދާޅުވެފައިވަނީ އޭނާ ރަށްވެހިވެފައިވާ ދާއިރާގެ ރައްޔިތުންނާ ބައްދަލުކުރަން ރައީސް މުއިއްޒު އާދިއްތަ ދުވަހުގެރޭ ބޭއްވި ބައްދަލުވުމުގައި ސުވާލުކުރަން ލިބުނު ފުރުސަތުގެ ތެރެއިން ދެއްކެވި ވާހަކައިގައެވެ.

ހަލީމަތު ވަނީ ރައްޔިތުން ހޮވާ މަޖިލިސް މެމްބަރަކު ސިޔާސީ ބަޔަކަށް ވަކި ކުރެވޭ ގޮތަށް ގާނޫނަށް ގެނައި އިސްލާހާއެކު ރައީސް މުއިއްޒު ރައްޔިތުންގެ ބާރު އެމަނިކުފާނުގެ އަތްޕުޅަށް ނަންގަވައިފި ކަމަށް ވިދާޅުވެފައެވެ.

އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އެ ހޮވިފައި ތިބޭ ޕާޓީއަކުން ވަކިވުމާ އެކު މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނަށް އެންމެ 8 ގަޑިއިރުގެ ތެރޭގައި ގެނައި އިސްލާހު ރައީސް ތަސްދިގުކުރެއްވިއިރު އެކަމާ ގުޅިގެން ރައްޔިތުންގެ ޚިޔާލެއް ހޮދާފައިނުވާ ނުވުމާމެދު ހަލިމަތު ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އެގޮތުން ހަލީމަތު ބުނީ ރައީސް މުއިއްޒު ބާއްވާ ކޮންމެ ޖަލްސާއެއްގައި ވެސް އެމަނިކުފާނު ހުންނަވަނީ ރައްޔިތުންގެ ފަޅީގައި ކަމަށް ވިދާޅުވާ ނަމަވެސް ކަން ކުރައްވަނީ ރައްޔިތުންގެ ބަހެއް ނެތި ކަމަށާ އެހެންކަމުން އެހުރެވެނީ ރައްޔިތުންގެ ފަޅީގައި ނޫން ކަމަށްވެސް ހަލީމަތު ވަނީ ވިދާޅުވެފައެވެ. އެގޮތުން ހަލީމާތު ދެވަނަ ކަމެއްގެ ގޮތުގައި ފާހަގަކުރެއްވީ އަތޮޅު ކައުންސިލްތައް އުވާލަން ނިންމާ ބިލު ތަސްދީގުކުރެއްވިއިރު ރައްޔިތުންގެ ޚިޔާލު ނުހޯއްދަވާ ކަމަށާ ހަަމަ އެފަދައިން ގުޅިފަޅާ ގިރާފަޅުގެ ލޭންޑް ޔުސް ޕްލޭނަށް ބަދަލުގެނައިވެސް ގެނައީ ރައްޔިތުންގެ ޚިޔާލު ނުހޯދާކަން ވެސް ހަލީމަތު ފާހަގަކުރެއްވިއެވެ.

ހަލީމަތު ވަނީ އެފަދައިން ރައީސުލްޖުމްހޫރިއްޔާ މުއިއްޒު ކަންކަން ކުރައްވަމުން ގެންދަވާއިރު ރައީސްކަމުގެ މަގާމުގައި ހުންނަވާނީ ރައްޔިތުންގެ ޚާދިމެއްކަން ރައީސް މުއިއްޒުގެ ބައްޕާފުޅު ވިދާޅުވެފައިވާކަން ވެސް ހަނދާން އައުކޮށްދެއްވާފައެވެ.

އެކަމަކު ބައްލަވާ، އަޅުގަނޑުމެން ވޯޓުލައިގެން އިންތިހާބު ކުރާ މަޖިލިސް މެންބަރުން ވަކިކުރުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ލިބޭގޮތަށް ގާނޫނުއަސާސީ ބަދަލުކުރީ އަޅުގަނޑުމެންގެ ހިޔާލެއް މަޝްވަރާއެއް ނުހޯއްދަވާ. އަޅުގަނޑުމެންގެ ދާއިރާ މެންބަރުގެ މެންބަރުކަން ގެއްލުވާލުމުގެ ބާރު މަނިކުފާނުގެ އަތްޕުޅަށް ނެންގެވިއިރު، ހަމަ ޔަގީނުން ވެސް ދާއިރާގެ ރައްޔިތުންގެ ހިޔާލެއް ނުހޯއްދަވާ. ކޮބައިތޯ ރައްޔިތުންގެ ބާރު؟ ކޮބައިތޯ ރައްޔިތުންގެ ހިޔާލު؟

ހަލީމަތު

ހަލީމަތު ވަނީ ޖުޑިޝިއަރީއަށް ވެސް ރައީސް މުއިއްޒު ނުފޫޒު ފޯރުވަމުންދާކަމުގެ އިޝާރަތްކުރައްވާ ބައެއް މިސާލުތައް ވެސް ފާހަގަކުރައްވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved