March 13, 2026
Advertisement
ޑރ ޖަމީލު
ޑރ ޖަމީލު / ތޭރަ އޮންލައިން

ގާނޫނު ނަގަހައްޓަން ތިބި ފަރާތްތަކުން ޖަރީމާ ހިންގުން އާންމުވެއްޖެ: ޑރ ޖަމީލު

Mariyam Isaadha
މަރިޔަމް އިސާދާ
Oct 10, 2025, 09:59 PM
މާލެ ސިޓީ

ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވިފަހުން ގާނޫނު ނަގަހައްޓަން ތިބި ފަރާތްތަކުން ޖަރީމާތައް ހިންގުން އާންމުވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

Advertisement

ވަގަށް އެތެރެ ކުރަނިކޮށް ހިފެހެއްޓި ދެ ކޮންޓެއިނަރ ސިނގަރޭޓު ވަގަށް ނެގުމުން އެކަމަށް އިޝާރާތްކުރައްވާ ޑރ ޖަމީލު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވެރިކަމާ ރަީސް މުއިއްޒު ޙަވާލުވި ފަހުން ޤާނޫނު ނަގަހައްޓަން ތިބޭ ފަރާތްތަކުން ތަކުރާރުކޮށް މިފަދަ ޖަރީމާތައް ހިންގަމުންދާ ކަމަށާއި، މިއީ މިހާރު އާއްމު ކަމަކަށް ވެފައިވާ ކަމަށެވެ.

ހަމައެހެންމެ ފުލުހުންނާއި، ކަސްޓަމްސް ފަދަ ތަންތަން މިފަދަ ދަށު ދަރަޖައަށް ވެއްޓިގެން ދިއުމަކީ ޤައުމެއް ފެއިލްޑް ސްޓޭޓަކަށް ވެއްޖެކަމުގެ ހެކި ކަމުގައި ޑރ ޖަމީލް ވަނީ ވިދާޅުވެފައެވެ.

މި މައްސަލަ މިހާރު ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ. ނަމަވެސް މި މައްސަލައާ ގުޅޭ އިތުރު މައުލޫމާތެއް އަދި ފުލުހުން ހާމައެއް ނުކުރެއެވެ. ނަމަވެސް އެމްޕީއެލްގައި ކުރިން މަސައްކަތްކޮށްފައިވާ ބައެއް އިސް ފަރާތްތަކުން ހާމަކޮށްފައިވާ ގޮތުގައި ވަގަށް ދެ ކޮންޓެއިނަރ ބޭރުމަކީ ކުރެވިދާނެ ކަމެއް ނޫނެވެ. ނަމަވެސް ރުހުމުގައި ޑީލެއްގެ ދަށުން އެކަން ކުރެވިދާނެ ކަމަށް އެ ބޭފުޅުން ވިދާޅުވެފައިވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved