March 16, 2026
Advertisement
ބާރަށު ޝުޖާއު
ބާރަށު ޝުޖާއު / ތޭރަ އޮންލައިން

ބާރަށު ޝުޖާއުމެން ދަށްކަން ޖެހޭނީ ދެއްކޭ ފެންވަރުގެ ވާހަކަ: މަލީހު

Faina Faiz
ފައިނާ ފާއިޒް
Dec 9, 2025, 02:46 AM

 ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުމެން ދަށްކަން ޖެހޭނީ ދެއްކޭ ފެންވަރު ވާހަކަކަމަށް ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.

Advertisement

މަލީހު މިފަދައިން ވިދާޅުވީ، ވާނުވާ ބަންދުގެ މައްސަލަ ހައްލުނުކޮށް ވެރިކަމުގައި ހުންނެވިއިރު ރައީސް އަބްދުﷲ ޔާމީން "އިންނެވީ ތާސްކުޅެން" ކަމަށް ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ބުނެފައިވާ ބުނުމަށް ރައްދުކޮށް އެކްސްގައި ކުރެއްވި ޕޯސްޓޭއްގައިއެވެ.

މަލީހު ވިދާޅުވީ، މެޗު ނިމޭ އިރު ބައިކޮޅަށް ގޯލް ވަދެ ބަލިވީމަ ސްކޯރ ޝީޓު ރީތި ނުވާނެކަމަށެވެ. އަދި މިފަދައިން އަމަލުތައް ބެހެއްޓުމުން ސަޕޯޓަރުން ރުޅި އައްނާނެކަމަށްވެސް މަލީހު ވަނީ ޝުޖާއުއަށް ހަނދުމައަރުވާދެއްވާފައިއެވެ.

އިތުރަށް މަލީހު ވަނީ މިފަދަ ގޯސް ނުހެދުމަށް ޝުޖާއުއަށް އިލްތިމާސް ކުރައްވާފައިއެވެ.

މިކަމާ ގުޅިގެން ރައީސް ޔާމީން ވިދާޅުވީ، ޝުޖާއަކީ ބަސް ބުނުމުގެ ކުރިން ރިޝްވަތު ނަގާ މީހެއް ކަމަށާ ބަސް ބުނުމަށް ފަހު ވެސް ރިޝްވަތު ނަގާ މީހެއް ކަމަށެވެ. އަދި ފަސް މިނެޓުގެ ވާހަކަ ޝުޖާއު ދައްކާއިރު އެމަނިކުފާނު ތާސް ކުޅުއްވަން އިންނަވައިގެން ގައުމަށް ލިބުނު ގެއްލުމެއް ނެތްކަން ފާހަގަކުރައްވާ އެމަނިކުފާނު މިސާލު ދެއްކެވީ "ޗައިނާ-މޯލްޑިވްސް ފްރެންޝިޕް" ބުރިޖުންނެވެ.

އެމަނިކުފާނު ވިދާޅުވީ ގޮތުގައި އެއީ ތާސް ކުޅެން އިންނަވައިގެން ފަސް މިނެޓުން ގެނައި ތަރައްގީ ކަމަށާ އަދި ތާސް ކުލެން އިންނެވި ވަގުތު ކޮޅުވެސް ތަރައްގީއަށް ހޭދަކުރެވުނު ނަމަ ހޯދާ ނުފެނުނީސް ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved