March 16, 2026
Advertisement
އަނެއްކާވެސް މަސްވެރިންގެ ފައިސާ ނުލިބި އެތައް ދުވަހެއް
އަނެއްކާވެސް މަސްވެރިންގެ ފައިސާ ނުލިބި އެތައް ދުވަހެއް / ސޯޝަލް މީޑިއާ

މަސްވެރިންގެ ދުވަހާ ގުޅުވައި "ދެން ނުވާނެ، ދެން ނުފުރޭނެ" ނަމުގައި މާދަމާ ބޮޑު އެއްވުމެއް ބާއްވަނީ

Yana Shareef
ޔާނާ ޝަރީފް
Dec 9, 2025, 07:41 PM

މިއަހަރުގެ މަސްވެެރިންގެ ދުވަހާ ގުޅުވައިގެން "ދެން ނުވާނެ، ދެން ނުފުރޭނެ" ނަމުގައި މާދަމާ ބޮޑު އެއްވުމެއް ބާއްވަން ތައްޔާރުވެއްޖެ އެވެ.

Advertisement

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން އިންތިޒާމުކޮށްގެން ބާއްވާ މި އެއްވުން ކުރިއަށް ގެންދަން ނިންމާފައި ވަނީ ހުޅުމާލެ ކަންނެލި ޖެޓީގަ އެވެ. މާދަމާގެ އެއްވުމަށް ތައްޔާރުވުމުގެ ގޮތުން ގިނަ އަދަދެއްގެ އޮޑި ދޯނިފަހަރު އެ ސަރަހައްދުގައި މިހާރު ވެސް ވަނީ އަޅައިފަ އެވެ.

މަސްވެރިންގެ ދުވަހާ ގުޅުވައި މާދަމާގެ އެއްވުން ފަށާނީ، ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަންގެ އަހަރީ އާންމު ޖަލްސާއަށް ފަހު އެވެ.

މަސްވެރިންގެ އެއްވުމުގައި ބޮޑުކަންނެލި މަސްވެރިންނަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމަށް ގޮވައިލުމާއި މަސްވެރިންގެ ޝުއޫރު ފާޅުކުރުމުގެ އިތުރުން މަސްވެރިންގެ ހައްގުގައި އަޑުއުފުލައި އިޖުތިޖާޖު ކުރުން ހިމެނޭ ކަމަށް އެ ޔޫނިއަނުން ބުނެފައިވެއެވެ.

ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ބުނީ ރައީސް މުހައްމަދު މުއިއްޒުއަށް ވެރިކަން ދިނީ މަސްވެރިންގެ ވެސް ބޮޑު ތާއީދަކާއެކު ކަމަށެވެ. އެހެންނަމަވެސް، ވޭތުވެދިޔަ މުއްދަތުގައި ކުރި މަސައްކަތްތަކުން މަސްވެރިންނަށް އެއްވެސް އަލިމަގެއް ހޯދިފައި ނުވާ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved