March 22, 2026
Advertisement
-
- / އިންޑިއަން އެކްސްޕްރެސް

އިންޑިގޯއިން އިންޑިއާގެ އޭވިއޭޝަން "ރަހީނު" ކޮށްފި، މިއަދުވެސް 92 ދަތުރު ކެންސަލް!

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 9, 2025, 10:45 PM
މާލެ ސިޓީ

އިންޑިއާގެ އެންމެ ބޮޑު އެއާލައިން، އިންޑިގޯއިން މިއަދުވެސް އިންޑިއާގެ އެތެރޭގެ 92 ދަތުރު ކެންސަލްކޮށްފިއެވެ. މިކަމުގެ ސަބަބުން މުޅި އިންޑިއާގެ އޭވިއޭޝަން ދާއިރާއަށް ބޮޑު ހީނަރުކަމެއް ކުރިމަތިވެފައިވާއިރު، އެތައް ހާސް ދަތުރުވެރިންނަށް ވަނީ އުނދަގޫތަކާ ކުރިމަތިލާން ޖެހިފައެވެ.

Advertisement

މިދިޔަ ދުވަސްތަކުގައިވެސް އިންޑިގޯއިން ވަނީ ބައިވަރު ދަތުރުތައް ކެންސަލްކޮށް، ދަތުރުވެރިންނަށް ގިނަ ދަތިތަކާ ކުރިމަތިކުރުވާފައެވެ. މި ދަތުރުތައް ކެންސަލްކުރަން ޖެހުމުގެ މައިގަނޑު ސަބަބަކީ އެ އެއާލައިންގެ ޕައިލަޓުން، އުދުހުންތަކުގެ ގަޑިއަށް އިތުރު ބަދަލުތަކެއް ގެނައުމަށް އިންޑިއާގެ ސަރުކާރުން ހެދި އާ ގަވާއިދާ އެއްގޮތަށް އަމަލުނުކުރުމެވެ.

އެނގިފައިވާ ގޮތުގައި އިންޑިއާގެ ސިވިލް އޭވިއޭޝަން އޮފީހުން ވަނީ ޕައިލަޓުންގެ މަސައްކަތުގެ ގަޑިތަކަށް ބަދަލުތަކެއް ގެނެސް، އެމީހުންގެ ފްލައިންގ ގަޑިތައް އިތުރުކުރުމަށް އަންގާފައެވެ. ނަމަވެސް އިންޑިގޯގެ ގިނަ ޕައިލަޓުން ދަނީ މި ގަވާއިދާ އެއްގޮތަށް އަމަލުކުރުމަށް ދެކޮޅު ހަދަމުންނެވެ. އެމީހުން ގަބޫލުކުރާ ގޮތުގައި މި ގަވާއިދުގެ ސަބަބުން އެމީހުންގެ މަސައްކަތުގެ ބުރަ އިތުރުވެ، ސަލާމަތީ ކަންކަމަށް ނޭދެވޭ އަސަރުތަކެއް ކުރިމަތިވެދާނެއެވެ.

އިންޑިގޯއަކީ އިންޑިއާގެ އެތެރޭގެ އުދުހުންތަކުގެ މާކެޓްގައި ބޮޑު ހިއްސާއެއް އޮންނަ އެއާލައިނެއް ކަމުން، އެ އެއާލައިންގެ މިފަދަ އަމަލުތަކުގެ ސަބަބުން މުޅި އޭވިއޭޝަން ދާއިރާވަނީ "ރަހީނު" ކޮށްފައިވާ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. މި މައްސަލައަށް އަވަސް ހައްލެއް ނުލިބިއްޖެނަމަ، ދަތުރުވެރިންނަށް ކުރިމަތިވާ ދަތިތައް އިތުރުވެ، އިންޑިއާގެ އިގްތިސާދަށްވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved