theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
- / ސޯޝަލް މީޑިއާ
ހަބަރު
ޕީއެސްއެމްގެ އެމް.ޑީ މަގާމަށް ރައީސްގެ ޕޮޑްކާސްޓު ހޯސްޓު ޝަކީބު އައްޔަންކޮށްފި!
Aiminath Zawjah
އައިމިނަތް ޒަޢުޖާ
10 ޑިސެމްބަރު 2025
މާލެ ސިޓީ

ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް، ރައީސް މުހައްމަދު މުއިއްޒު ހުށަހަޅުއްވައިދެއްވާ ޕޮޑްކާސްޓު "ރައްޔިތުންނާއެކު" ގެ ހޯސްޓު މުހައްމަދު ޝަކީބު މިއަދު އައްޔަނުކުރައްވައިފިއެވެ. ޕްރައިވަޓައިޒޭޝަން ބޯޑުން ހާމަކުރެއްވި ގޮތުގައި މި މަގާމަށް ޝަކީބު އައްޔަނުކުރެއްވީ މިއަދުއެވެ.

މި މަގާމު ހުސްވީ ކުރިން މި މަގާމުގައި ހުންނެވި އިބްރާހިމް ނަސްރީން ނޮވެމްބަރު 29 ވަނަ ދުވަހު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. ނަސްރީން އިސްތިއުފާ ދެއްވުމަށްފަހު، އޭނާއަށް ވަނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ދެއްވާފައެވެ.

ޝަކީބަކީ ރައީސް އޮފީހުން ގެނެސްދޭ "ރައްޔިތުންނާއެކު" ޕޮޑްކާސްޓުގެ ހޯސްޓެކެވެ. މީގެކުރިންވެސް ސަރުކާރުގެ ބައެއް މަގާމުތައް ފުރުއްވާފައިވާ ޝަކީބު މިހާރު ހުންނެވީ ސަރުކާރުގެ އެންމެ އިސް މީޑިއާ އިދާރާގެ ވެރިޔާގެ މަގާމުގައެވެ.

ފާއިތުވި ދެ އަހަރުގެ ތެރޭގައި ޕީއެސްއެމްއާ ހަވާލުވެވަޑައިގަންނަވާ ހަތަރުވަނަ މެނޭޖިން ޑިރެކްޓަރަކީ ޝަކީބެވެ. މި ސަރުކާރުން ނަސްރީންގެ ކުރިން ވަނީ ޕީއެސްއެމް ހިންގެވުމަށް ދެ ބޭފުޅުން އައްޔަނުކުރައްވާފައެވެ. އެއީ އެންމެ ފުރަތަމަ އައްޔަންކުރެއްވި ޒީނާ ޒާހިރާއި، ދެވަނައަށް އައްޔަންކުރެއްވި މުހައްމަދު ސައީދުއެވެ. އެ ދެ ބޭފުޅުން ވެސް އެ މަގާމުން އިސްތިއުފާ ދެއްވީއެވެ.

ޒީނާ ޒާހިރު އެ މަގާމުން އިސްތިއުފާ ދެއްވީ 2024 ވަނަ އަހަރުގެ އޯގަސްޓް މަހުގައެވެ. އެމަނިކުފާނަށް ފަހު އައްޔަންކުރެއްވި މުހައްމަދު ސައީދު އިސްތިއުފާ ދެއްވީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved