March 19, 2026
Advertisement
މަޖިލިސް މެމްބަރުންނަކީ ސަރުކާރު ބޭރު ދަވާދުލާ ވަރުނީސްކުރަން ތިބޭ ބަޔަކަށް ވެއްޖެ: އަލީ ހުސެއިން
މަޖިލިސް މެމްބަރުންނަކީ ސަރުކާރު ބޭރު ދަވާދުލާ ވަރުނީސްކުރަން ތިބޭ ބަޔަކަށް ވެއްޖެ: އަލީ ހުސެއިން / ސޯޝަލް މީޑިއާ

މަޖިލިސް މެމްބަރުންނަކީ ސަރުކާރު ބޭރު ދަވާދުލާ ވަރުނީސްކުރަން ތިބޭ ބަޔަކަށް ވެއްޖެ: އަލީ ހުސެއިން

Mariyam Isaadha
މަރިޔަމް އިސާދާ
Dec 12, 2025, 12:46 AM
މާލެ ސިޓީ

މަޖިލިސް މެމްބަރުންނަކީ ސަރުކާރު ބޭރު ދަވާދުލާ ވަރުނީސްކުރަން ތިބޭ ބަޔަކަށް ވެއްޖެ ކަމަށް ވިދާޅުވެ ކެންދޫދާއިރާގެ ކުރީގެ މަޖިލިސް މެމްބަރު އަލްއުސްތާޛު އަލީ ހުސެއިންގެ ފާޑުކިޔުން ރައްޔިތުންގެ މަޖިލީހަށް އަމާޒުކުރައްވަައިފިއެވެ.

Advertisement

އަލީ މިފަދައިން ވިދާޅުވީ ޗެނަލް13ގެ ނިއުސް ޓޯކު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.

އެގޮތުން ޕާޓީއިން ވަކި ވެއްޖެ ނަމަ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނަސް އިސްލާހު ގެނެސް ފާސްކުރި ގާނޫނުގެ ދުސްތޫރީ މައްސަލަ ރައީސުލްޖުމްހޫރިއްޔާގެ ނުފޫޒުން ސުޕްރީމު ކޯޓުގައި ޕާކުކުރުވާފައި އޮތްއޮތުމަށް ނަޒަރު ހިންގަވާލައްވާމުން އަލީ ވިދާޅުވީ، މަޖިލިސް މެމްބަރުންނަކީ ސަރުކާރު ޒިންމާދާރު ކުރުވަން ތިބޭ ބައެއްގެ ގޮތުގައި ގާނޫނުގައި އޮތް ނަމަވެސް މިއަދު މަޖިލީހަކީ ރައީސްގެ ރަބަރު ތައްގަޑެއްގެ ގޮތުގައި ފެންނަމުންދާ ކަމަށެވެ.

އެގޮތުން ތިންބާރު ވަކިވެފައިވާ ރިޔާސީ ނިޒާމެއްގެ ގޮތުގައި މިއަދު ވެރިކަން ކުރަމުން ދިޔަ ނަމަވެސް ފެންނަނީ ރިޔާސީ ރަސްކަމެއް ކަަމަށާ އެގޮތުން ހުރިހާ ބާރެއް މިއަދު ރައީސުލްޖުމްހުރިއްޔާގެ މުށުތެރެއަށް ކަހާލާފައިވާ ކަމަށްވެސް އަލީ ތުހުމަތުކުރައްވާފައިވެއެވެ.

ރައްޔިތުން ހޮވާ މަޖިލިސް މެމްބަރަކު، މެމްބަރު ކަމުން ވަކިކުރުމުގެ ބާރު ސިޔާސީ ޕާޓީތަކަށް ދިނީ ރައްޔިތުންގެ ނިންމުމަށް އިހުތިރާމް ކުރުވަން ކަމަށް ވާނަމަ ގާނޫނަށް ގެނައި އިސްލާހަކީ ރައްޔިތުން ބޭނުންވާ ގޮތްތޯ ބަލަން ފެންނަ ނުފެންނަ ވޯޓަކަށް ދާން ވެސް އަލީ ވަނީ ސަރުކާރަށް ގޮވާލާފައެވެ.

އަލީ އިތުރަށް ވިދާޅުވީ ދުސްތުރީ ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށާ ސިޔާސީ ހުރިހާ އެންމެން އެއް މޭޒެއްގެ ދޮށަށް ޖަމާވެ އެކަންކަމާ މެދު މަޝްވަރާ ކުރަން ޖެހޭ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved