March 19, 2026
Advertisement
-
- / ތޭރަ އޮންލައިން

މަސްވެރިންގެ މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލަން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ގޮވާލައިފި

Yana Shareef
ޔާނާ ޝަރީފް
Dec 12, 2025, 09:42 PM

މަސްވެރިންގެ ދުވަސް ފާހަގަކުރަން ބޭއްވި ކަނޑުމަތީގެ މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލަން ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ގޮވާލައިފި އެވެ.

Advertisement

މާލޭގެ ރަސްމީ ފާލަމާ ދިމާ ނެރު ބޭރުގައި ބޮޑުކަންނެލި ދޯނިތަކުގައި މަސްވެރިން މިދިޔަ ބުދަ ދުވަހުގެ މެންދުރުފަހުން ފެށިގެން ކުރަމުން އައި އިހުތިޖާޖު ފުލުހުން ބައެއް ދޯނިތަކަށް އަރައި އިއްޔެ ރޫޅާލައި ބައެއް މީހުން ހައްޔަރުކުރި އެވެ.

އޭގެ ތެރޭގައި އެ ޔޫނިއަންގެ ކޯ-ފައުންޑަރު، ކެންދޫ ދާއިރާގެ މެމްބަރު މައުރޫފު ޒާކިރާއި އެ މުޒާހަރާގައި ބައިވެރިވި ދޯންޏެއްގެ ކެޔޮޅެއް ކަމަށްވާ އަބްދުލް ލަތީފު އަދި ދޯނިތަކަށް ރަޖިސްޓްރީކޮށްފައި ތިބި ބިދޭސީންތަކެއް ހިމެނެ އެވެ.

އެ ޔޫނިއަނުން ނެރުނު ބަޔާނުގައި ވަނީ އެ އެންމެން ދޫކޮށްލަން ގޮވާލައިފަ އެވެ. އަދި މުޒާހަރާ ހުއްޓާނުލާ ކުރިއަށްދާނެ ކަމަށް ވެސް ބުންޏެވެ.

ފިޝަރީޒް މިނިސްޓަރުގެ އެދިލެއްވުމުގެ މަތިން މިނިސްޓަރާ ބައްދަލުވަންދެން މުޒާހަރާ ރޫޅާނުލާ ޔޫނިއަންގެ މެމްބަރުންނާއި ކެޔޮޅުން މި ތިބީ ގަދަކޮށް ކަމަށާއި މަސްވެރިންގެ ހައްގުތައް ހޯދުމަށް ގޮވާލާ ކުރިއަށް ދާ އިހުތިޖާޖު ހުއްޓާނުލާނެކަމަށް ބަޔާނުގައި ވެއެވެ.

އެ މުޒާހަރާ ރޫޅާލުމަށްފަހު، ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނީ މާލެ ކައިރިން ދަތުރުކުރާ އުޅަނދުފަހަރަށް ދަތިނުވާ ގޮތަށް އަމަލުކުރަން މަސްވެރިންނަށް ތަކުރާރުކޮށް ނަސޭހަތްތެރިވި ކަމަށެވެ. ނަމަވެސް، އެކަމަށް އިޖާބަނުދީ އުޅަނދުފަހަރަށް ހުރަސް އަޅައި، ސަލާމަތީ ބާރުތަކުން މަނާކޮށްފައިވާ ސަރަހައްދަށް ދޯނިފަހަރުގައި ވަންނަން މަސްވެރިން މަސައްކަތްކުރި ކަމަށްކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved