June 18, 2026
Advertisement
"ރީސެޓު"ގެ ނަމުގައި ޕީއެންއެފްގެ ހަރަކާތެއް މި މަހުގެ 17 ގައި!
"ރީސެޓު"ގެ ނަމުގައި ޕީއެންއެފްގެ ހަރަކާތެއް މި މަހުގެ 17 ގައި! / ސޯޝަލް މީޑިއާ

ޕީއެންއެފްގެ "ރީސެޓު" ހަރަކާތާ ގުޅޭ ނޫސްވެރިންގެ ބައްދަލުވުމެއް މިރޭ!

Faina Faiz
ފައިނާ ފާއިޒް
Dec 13, 2025, 08:48 PM
މާލެ ސިޓީ

ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސިޔާސީ ބޮޑު ހަރަކާތްކަމަށްވާ، "ރީސެޓު" ހަރަކާތާ ގުޅޭ ނޫސްވެރިންގެ ބައްދަލުވުމަށް އެ ޕާޓީއިން ދައުވަތު ދީފިއެވެ.

Advertisement

ނޫސްވެރިންގެ ބައްދަލުވުން ކުރިއަށް ދާނީ މިރޭ 20:30ގައި ޕީއެންއެފް ފްރަންޓު އޮފީހުގައިއެވެ. ޗެނަލް 13އިން ލައިވްކޮށް މި ބަދަލުވުން ދައްކާނެއެވެ.

މި މަހުގެ 17 ވަނަ ދުވަހުގެރޭ ބާއްވަން ހަމަޖެހިފައިވާ، މި ބޮޑު ހަރަކާތަކީ ސިޔާސީ މުހިއްމު ކަންތައްތަކެއް ހާމަކުރުމަށްޓަކައި ބާއްވާ ޚާއްސަ އިވެންޓެއްކަމަށް އެ ޕާޓީއިން ވަނީ ހާމަކޮށްފައިވެއެވެ.

ރައީސް ޔާމީންގެ ޕާޓީއިން މިފަދަ އިވެންޓެއް ބާއްވަން ނިންމާ ތައްޔާރީތައް ވަމުންދާއިރު އެ ޕާޓީއަކީ މިވަގުތު އޮތް ސަރުކާރު ޒިންމާދާރު ކުރުވަން އެންމެ ބުރަ މަސައްކަތްކުރަމުންދާ ޕާޓީކަން ފާހަގަކުރެވެއެވެ.

ދާދި ފަހުންވެސް ޕީއެންއެފުން ވަނީ "ވޭކް އަޕް"ގެ ނަމުގައި ބޮޑު ހަރަކާތެއް ބާއްވާފައެވެ. ޕީއެންއެފްއަކީ ސަރުކާރުން ކުރަމުންދާ ދޯހަޅި ކަންކަން ފާހަގަކޮށް ކޮންމެ ހަފްތާއަކު ދެ ޖަލްސާ ބާއްވާ އެކަންކަން ރަގަޅުކޮށް ސަރުކާރު ޖަވާބުދާރީ ކުރުވާ ޕާޓީއެއްކަން ވެސް ފާހަގަކޮށްލެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved