March 20, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ކުރިއަށް އޮތް ބުދަ ދުވަހާ ހަމައަށް ވައި ނުސާފުވާނެ: މެޓު އޮފިސް

Faina Faiz
ފައިނާ ފާއިޒް
Dec 13, 2025, 08:49 PM
މާލެ ސިޓީ

ދިވެހިރާއްޖޭގެ އެކި ސަރަހައްދުތަކުގެ ވައިގެ ކޮލިޓީ ކުރިއަށް އޮތް ބުދަ ދުވަހާ ހަމައަށް ދަށްވެ، ނުސާފުވާނެ ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރު (މެޓް އޮފީސް) އިން ބުނެފިއެވެ.

Advertisement

މިކަމުގެ މައިގަނޑު ސަބަބަކީ، އުތުރު އިންޑިއާގައި އުފެދޭ ހިރަފުސްގަނޑު އިރުވައި މޫސުމާއެކު ރާއްޖެއަށް ދަތުރުކުރުން ކަމަށް މެޓުން ބުނެއެވެ.

މެޓް އޮފީހުން ނެރުނު ބަޔާނެއްގައިވާ ގޮތުން، ދުންފުހުގެ ސަބަބުން އުތުރާއި މެދުރާއްޖެ ތެރޭގައި ވައި ނުސާފުވެ ހަމަ ލޮލަށް ސާފުކޮށް ފެންނަ ދުރުމިން ވަނީ ދަށްވެފައި ކަމަށެވެ.

މާލެ ސަރަހައްދުގައި ވައި ނުސާފުވުމުން ސަލާމަތީ ފިޔަވަޅު އެޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިންވެސް ވަނީ އިލްތިމާސްކޮށްފައިއެވެ.

މާލޭގެ ވައިގެ ކޮލިޓީ އިންޑެކްސް (އޭ.ކިއު.އައި) މިހާރު ހުރީ 138 ގައެވެ. މި މިންގަނޑަކީ ވައި ނުސާފުވުމުން ކުރާ އަސަރު ބޮޑު، ޚާއްޞަކޮށް ނާޒުކު ފަރާތްތަކަށް ރައްކާތެރި ނޫން މިންގަނޑެއް ކަމަށް ވެއެވެ. ވައިގެ ކޮލިޓީ އެންމެ ރަނގަޅު މިންގަނޑަކީ 0-50 އާ ދޭތެރެއެވެ. އަދި ދެވަނައަށް އެންމެ ރަނގަޅީ 50-100 އާ ދޭތެރޭގައި ހުންނަ ނަމައެވެ.

އެޗްޕީއޭއިން ބުނެފައި ވަނީ، ވައި ނުސާފުވުމުގެ ސަބަބުން ފުއްޕާމޭގެ އެކި ބަލިތަކަށް މަގުފަހިވުން އެކަށީގެންވާކަމަށެވެ. އަދި ނާޒުކު ޙާލަތްތަކުގައިވާ މީހުން ބޭރަށް ނިކުންނަ އިރު މާސްކު އެޅުމަށާއި ވައި ނުވަންނަހެން ގޭގައި ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި އެއާ ޕިއުރިފަޔާ ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ނާޒުކު ހާލަތްތަކުގައި ތިބި ފަރާތްތަކުގެ އިތުރުން އެހެން މީހުންނަށްވެސް ވައި ނުސާފުވުމުގެ ސަބަބުން ބަލިތައް ޖެހުމުގެ ފުރުސަރު ބޮޑު ކަމަށް އެ އޭޖެންސީއިން ވަނީ ބުނެފައިއެވެ. މިކަމާގުޅިގެން އެޗްޕީއޭއިން ވަނީ، އޮރެންޖު އެލާާޓުވެސް ނެރެފައިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved