April 17, 2026
Advertisement
ޑެންގީ ހުން ރިޕޯޓް ކުރާ މިންވަރު އިތުރުވަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ޑެންގީ ހުން ރިޕޯޓް ކުރާ މިންވަރު އިތުރުވަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި / ސޯޝަލް މީޑިއާ

ޑެންގީ ހުން ރިޕޯޓް ކުރާ މިންވަރު އިތުރުވަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

Mariyam Isaadha
މަރިޔަމް އިސާދާ
Apr 16, 2026, 07:44 PM
މާލެ ސިޓީ

ޑެންގީ ހުން ޖެހިގެން ރިޕޯޓް ކުރާ މިންވަރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިތުރުވަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފިއެވެ.

Advertisement

ލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ،  މިހާރު ކުރަމުންދާ ވިއްސާރައާއި ގުޅިގެން ޑެންގީ، ޗިކުންގުންޔާ ފަދަ މަދިރީގެ ޒަރީއާއިން ފެތުރޭ ބަލިތައް ކުރިއަށް އޮތް މަސްތަކުގައި، ހާއްސަކޮށް އެޕްރީލް އިން ޖުލައި މަހާ ހަމައަށް އިތުރުވެގެންދާނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އެހެންކަމުން ޑެންގޫ ފަދަ ބަލިތައް މަދުކުރުމަށް ދައުލަތުގެ މުއައްސަސާތަކާއި، ސިޓީ އަދި ރަށު ކައުންސިލްތަކާއި ކުންފުނިތަކާއި އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކާއި ވަކިވަކި ފަރުދުން ގުޅިގެން، ފިޔަވަޅުތައް އެޅުމަކީ މުހިއްމު ކަމެއް ކަމަށް އެ އެޖެންސީން ވަނީ ހާމަކޮށްފައެވެ.

ކަމުގައި އަޅާނެ ފިޔަވަޅުތަކުގެ ގޮތުގައި އެޗްޕީއޭއިން ހާމަކޮށްފައިވަނީ:

ސިއްހީ މަރުކަޒުތަކާ ހޮސްޕިޓަލުތަކުން ޑެންގީގެ އަލާމާތްތައް އަވަހަށް ދެނެގަނެ ފަރުވާ ފޯރުކޮށްދިނުމާއި، ބަލިމީހުންގެ ހާލަތު ގާތުން ބަލާ ފޮލޯ-އަޕްކުރުމާއި ރަށުގައި ބަލި އުޅޭ މިންވަރު ގާތުން މޮނިޓަރު ކުރުމާއި އެޗްޕީއޭ އަށް ގަވާއިދުން ރިޕޯޓް ކުރުން.

ކައުންސިލްތަކުން ޑެންގީ ކޮންޓްރޯލް ކުރުމަށް ޓާސްކްފޯސް އެލުލަވާލާ ރަށް ސާފުކުރުމާއި އާންމުން ހޭލުންތެރިކުރުން ފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުން.

ސްކޫލުތަކުން ކޮންމެ ހަފްތާއަކު 1 ފަހަރު ސްކޫލްގެ ގޯތިތެރެ ބަލައި ފާސްކޮށް މަދިރި އާލާވާ ތަންތަން ނައްތާލުމާއި، ޑެންގީ އިން ރައްކާތެރިވުމާއި ގުޅޭތުން ދަރިވަރުން ހޭލުންތެރިކުރުން.

ރިސޯޓްތަކާއި ކޮންސްޓްރަކްޝަން ސައިޓް އަދި އިންޑަސްޓްރިއަލް ރަށްތަކުން ރަށުގެ އެކި ސަރަހައްދުތައް ހަފްތާއެކު 1 ފަހަރު ބަލައި ފާސްކޮށް، މަދިރި އާލާވާގޮތަށް ހުންނަ ތަންތަނާއި ތަކެތި ނައްތާލާ ސާފުކުރުމާއި ޑެންގީ އިން ރައްކާތެރިވުމާ ގުޅޭތުން މުވައްޒަފުން ހޭލުންތެރިކުރުން.

ކުންފުނިތަކާއި ޖަމިއްޔާ ޖަމާއަތްތަކުން، މަދިރި އުފެދޭ ތަންތަން ނައްތާލުމާއި މި މަސައްކުރުމަށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ހޭލުންތެރިކުރުމުގެމަސައްކަތްތައް ކުރުން.

މީޑިޔާތަކުން ކަމާ ބެހޭ އިދާރާ ތަކުން ހިއްސާ ކުރަމުންގެންދާ ޑެންގީއާ ގުޅޭ މައުލޫމާތު ފެތުރުމާއި، ރައްޔިތުން ހޭލުންތެރިކުރުން ހިމެނެއެވެ.

ހަމައެހެންމެ، އާންމު ފަރުދުން މަދުވެގެން ހަފްތާއަކު 1 ފަހަރު ގެއާއި ގޯތިތެރޭގައި ފެންހަރުލާ ގޮތަށް ހުންނަތަކެތި ބަލާ ފާސްކޮށް މަދިރި އާލާނުވާނެ ގޮތަށް ސާފުކުރުމާއި މަދިރިހެފުމުން ރައްކާތެރިވުމާއި ޑެންގީ ބަލީގެ އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެ އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.

ޑެންގީ ކޮންޓްރޯލްކުރުމަށް ކަމާގުޅުންހުރި އިދާރާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާއިރު މި ބަލިން ރައްކާތެރިވުމަށް އެންމެ މުހިންމު ކަމަކީ މަދިރި އުފެދި އާލާވާ ތަންތަން ނައްތާލުމާއި މަދިރި ހެފުމުން ރައްކާތެރިވުން ކަމަށް އެޗްޕީއޭއިން ހާމަކޮށްފައިވެއެވެ.

ޑެންގީ ހުމުގެ ކޭސްތައް އިތުރުވެ ހުމުގައި ފަރުވާ ހޯދަމުން ދިޔަ ބައެއް މީހުން ނިޔާވެފައިވެސް ދާދި ފަހުންނެވެ. އަދި ރާއްޖޭގައި ޑެންގީ ހުން ފެތުރެމުންދާ މިންވަރު އިތުރުވެފައިވާތީ އެމެރިކާއިން ވަނީ ރާއްޖެއަށް ދަތުރުކުރުމުގައި ލެވެލް 1 ގެ ސަމާލެއް ވެސް ނެރެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved