April 26, 2026
Advertisement
ޒެއިން އަބްދުﷲ ޔާމީން
ޒެއިން އަބްދުﷲ ޔާމީން / ތޭރަ އޮންލައިން

ގައުމުގެ އިންޖީނުގެ ހަކަތައަކީ ޒުވާނުން: ޒެއިން

Faina Faiz
ފައިނާ ފާއިޒް
Dec 14, 2025, 02:57 AM
މާލެ ސިޓީ

ގައުމުގެ އިންޖީނުގެ ހަކަތައަކީ ޒުވާނުންކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ނައިބު ރައީސް ޒެއިން އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.

Advertisement

ޒެއިން މިފަދައިން ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންގެ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސިޔާސީ ބޮޑު ހަރަކާތްކަމަށްވާ، "ރީސެޓު" ހަރަކާތާ ގުޅިގެން އެ ޕާޓީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޒުވާނުން ބާރުވެރި ނުކޮށް ގައުމުގެ މުސްތަގުބަލު އުޖާލާވާނެ އެއްވެސް ގޮތެއް ނެތްކަމަށް ޒެއިން ވިދާޅުވިއެވެ. އަދި ޒުވާނުން ކުރާ މަސައްކަރުން ގައުމު ތަރައްގީ ކުރަން ޒެއިން ވަނީ ރައިސް މުއިއްޒުއަށް ގޮވާލައްވާފައިއެވެ.

ޒެއިން އިތުރަށް ވިދާޅުވީ، ވިދާޅުވީ ޖަލްސާތަކުގައި ހިއްސާ ކުރާ މައުލޫމާތަކީ ހަދަހަދައިގެން ދައްކާ ވާހަކައެއް ނޫން ކަމަށެވެ.

"ސަރުކާރަށް 2 އަހަރު ވީއިރުން ފެށިގެން މިއަދާހަމައަށް ބަލާއިރު އެންމެ ފުރަތަމަ ރައްޔިތުންގެ ބޭސް ފަރުވާއާ ކުޅުނީ، ޓީވީ ޗެނަލެއް ހުޅުވި. މިކަހަލަ ވާހަކަ ދައްކަން ޖެހެއްޖިއްޔާ ދައްކަން ޖެހޭ ވަރަށް ބައިވަރު ވާހަކަ ދައްކަން ޖެހޭނެ"

ޒެއިން އަބްދުﷲ ޔާމީން

އިތުރަށް ޒެއިން ވަނީ، ރައްޔިތުން ހައްގުތައް ރައްޔިތުންނަށް އަދާކޮށްދިނުމަށް މުއިއްޒުއަށް ގޮވާލައްވާފައިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved