theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
. / ތޭރަ އޮންލައިން
ސިޔާސީ
"ރިސެޓް" ޖަލްސާގައި ބައިވެރިނުވެވޭ ފަރާތްތަކުން ޗިޕްސް ޕެކެޓަކާއެކު ހަމަޖެހިލައިގެން ބަލާލާ: މަލީހް
Yana Shareef
ޔާނާ ޝަރީފް
13 ޑިސެމްބަރު 2025

މި މަހުގެ 17 ވަނަ ދުވަހު ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ބޭއްވުމަށް ހަމަޖެހިފައިވާ "ރިސެޓް" ޖަލްސާއަށް ނުދެވޭ ފަރާތްތަކުން ސިޓިންގ ރޫމްގައި ޗިޕްސް ޕެކެޓެއް ހިފައިގެން ޖަލްސާ ބެލުމަށް އެ ޕާޓީގެ ސެކެޓްެރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް އެދިއްޖެއެވެ.

މަލީހް މިފަދައިން ވިދާޅުވެފައިވަނީ "ރިސެޓް" ޖަލްސާއާއި ބެހޭގޮތުން މައުލޫމާތު ދިނުމަށް ހޮނިހިރު ދުވަހުގެ ރޭ އެ ޕާޓީގެ ފަރާްތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

މަލީހް ވިދާޅުވީ "ރިސެޓް" ޖަލްސާއަކީ ވަރަށް ބޮޑު ހަރަކާތެއްކަމަށާއި އެއީ އެންމެހާ ފަރާތްތަކަށް ވެސް ބޮޑު ސަޕްރިޒެއްކަަމަށެވެ.

މި ޖަލްސާގައި ބައިވެރިނުވެވެންޏާ ސިޓިން ރޫމްގައި އިންނަވާ ޗިޕްސް ޕެކެޓަކާއެކު ޖަލްސާ ބެލުމަކީ ރަނގަޅު ހިޔާލެއްކަމަށް މަލީހު ވިދާޅުވިއެވެ. ޖަލްސާ ބަލާއިރު ހަޖަމްކުރުމަށްވެސް މަލީހު އިލްތިމާސްކުރެއްވިއެވެ.

އަދި ޗިޕްސް ގަތުމަށް ސަރުކާރުގެ ފަރާތްތަކުގެ އަތުގައި ފައިސާ ނެތްނަމަ އެޑްރެސް ފޯރުކޮށްދެއްވުމުން އެބޭފުޅުންގެ ގެތަކަށް ޗިޕްސް ފޮނުވައިދެއްވާނެކަމަށް ވެސް މަލީހު ވިދާޅުވިއެވެ.

ޖަލްސާއަށް ވަޑައިނުގެންނެވޭ ބޭފުޅުން ވަރަށް ހަޖަމްކޮށްލަވައިގެން، ސިޓިންގ ރޫމްގައި ޗިޕްސް ޕެކެޓަކާއެކު މި ޖަލްސާ ބައްލަވަންވީ އިނގޭތޯ.. ދެން އެ ޗިޕްސް ޕެކެޓު ބައްލަވައި ގަނެވޭނެ ފައިސާ ނެތް ސަރުކާރުގެ ބޭބޭފުޅުން އެޑްރެސް ފޮނުވީމަ އަޅުގަނޑުމެން ފޮނުވަދޭނަން..

- މަލީހް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި މަލީހު އިތުރަށް ވިދާޅުވީ ޕީއެންއެފްގެ ޖަލްސާތަށް ރައީސް މުއިއްޒުގެ ދެކަނބަލުން ބައްލަވާކަމަށާއި ޖަލްސާގައި ރަނގަޅުކުރަން ބުނާ ކަންކަން ރަނގަޅުކުރަން މަސައްކަތް ކުރައްވާ މަންޒަރު ފެންނަކަމަށެވެ.

އެހެންނަމަވެސް މ.ދިމްޔާތު މުހައްމަދު މުއިއްޒާއި ސާޖިދާ މުހައްމަދު ދިވެހި ރާއްޖޭގެ ރައްޔިތުންގެ މައުސޫމްކަމުން ވައްކަންކޮށްފިކަމަށް ވިދާޅުވެ މަލީހު ވަނީ ފާޑުކިޔުން އަމާޒުކުރައްވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved