May 4, 2026
Advertisement
ރާއްޖޭގެ ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު
ރާއްޖޭގެ ކުރީގެ ނައިބު ރައީސް، ޑރ މުހައްމަދު ޖަމީލު އަހުމަދު / ޕީޕީއެމް

ޑރ.ޖަމީލް ފުލުހުންނަށް: ތިބޭފުޅުންގެ މުވައްސަސާ މިސްޔޫޒް ކުރެވުނަ ނުދެއްވާ

Yana Shareef
ޔާނާ ޝަރީފް
Dec 14, 2025, 09:43 AM

ފުލުހުންގެ މުވައްސަސާގެ ބޭނުން ނަހަމަގޮތުގައި ހިފުނަ ނުދިނުމަށް ޕީއެންއެފްގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ނަސޭހަތްތެރިވެއްޖެެއެވެ.

Advertisement

ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން ކުރަންފެށި މުޒާހަރާގައި އެ ޔޫނިއަންގެ އެސްޖީ އަދި މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަންދަށް ފަސް ދުވަސްޖެހިއެވެ.

ނަމަވެސް ބަންދުގައި ހުއްޓާ އޭނާގެ ހާލަތު ގޯސްވެ، ހޮސްޕިޓަލަށް ގެންގޮސް އޮޕަރޭޝަނެއް ވަނީ ކޮށްފައެވެ.

މިކަމާގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޑރ.ޖަމީލް ވިދާޅުވީ ކޮންމެ ގޮތަކުން ބެލިޔަސް މިއީ ކަންބޮޑުވާ ޙާދިސާއެއްކަމަށެވެ. ފުރަތަމަ ކަމަކީ މިއީ ފުލުހުންނަށް އަބަދުވެސް ދޭ ނަސޭޙަތްކަމަށާއި ސިޔާސީ ގޮތުން މީސްމީހުން ހައްޔަރު ކުރުމަކީ މިޒަމާނުގެ ޕޮލިސިންތެރޭ ކުރާ ކަމެއް ނޫންކަމަށް ވެސް ޑރ.ޖަމީލް ވަނީ ވިދާޅުވެފައެވެ.

އަދި މިއީ ބޮޑަތި ކުށްވެރިންނެއް ނޫންކަމަށާއި ފުލުހުންގެ މުވައްސަސާ އެގޮތަށް މިސްޔޫޒް ކުރެވުނަ ނުދެއްވުމަށް ޑރ.ޖަމީލް ނަސޭހަތްތެރިވިއެވެ.

މައުރޫފް ވަނީ ފުލުހުންގެ ބެލުމުގެ ދަށުން މިހާރު ދޫކޮށްލާފައެވެ. އޭނާގެ ހާލަތު ގޯސްވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާކަމަށް އެމްޑީޕީން ބުނިއިރު ފުލުހުން ބުނީ އެއީ ދޮގެއްކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved