March 18, 2026
Advertisement
-
- / ސޯޝަލް މީޑިއާ

މިއަދާއި މާދަމާ ވައި ވަރަށް ނުސާފު، މާސްކު އެޅުމަށް އިލްތިމާސްކޮށްފި

Yana Shareef
ޔާނާ ޝަރީފް
Dec 15, 2025, 11:18 PM

މިއަދާއި މާދަމާވެސް ރާއްޖެ ސަރަޙައްދުގެ ވައި ވަރަށް ބޮޑަށް ނުސާފުވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ.

Advertisement

މެދުރާއްޖެ ތެރެއާއި އުތުރުގެ ސަރަޙައްދުތަކަށް މިއަދު ވިޒިބިލިޓީ ނުވަތަ ދުރު ފެންނަ މިންވަރު ހުރީ، 3 ކިލޯމީޓަރަށެވެ.

ރާއްޖެ ސަރަޙައްދުގެ ވައި މިދުވަސްވަރު ނުސާފުވެފައިވަނީ، އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން ވައި ޖެހުމާއެކު އަންނަ ދުމާއެކުގައެވެ.

ރާއްޖެ ސަރަޙައްދުގެ ވައި ނުސާފުވުމާ ގުޅޭގޮތުން ދައުލަތުގެ މީޑިއާއަށް މަޢުލޫމާތު ދެއްވަމުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނީ، މި ސަރަޙައްދަށް އެންމެ ބޮޑަށް ވައި ނުސާފުވާނެ ކަމަށް ބެލެވެނީ މިއަދާއި މާދަމާ ކަމަށެވެ. އެގޮތުން މިދެދުވަހު ރާއްޖެ ސަރަޙައްދުގެ ވިޒިބިލިޓީ ނުވަތަ ދުރު ފެންނަ ނިސްބަތް ހުންނާނީ، 3 ކިލޯ މީޓަރަށް ކަމަށް މެޓު އޮފީހުން ބުނެފައިވެއެވެ.

އެގޮތުން ވައި އެންމެ ބޮޑަށް ނުސާފުވާނީ، މެދު ރާއްޖެތެރެއާއި އުތުރުގެ ސަރަޙައްދުތަކަށް ކަމަށާއި، ވައި ނުސާފުވުމުގެ މައްސަލަ ދެކުނަށް ނުކުރާ ކަމަށް މެޓު އޮފީހުން ވަނީ ބުނެފައެވެ. މެޓު އޮފީހުން ބުނީ، ބުރާސްފަތި އަދި ހުކުރު ދުވަހު ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭތީ އެދެދުވަހު ވައި ނުސާފުވުމުގެ މައްސަލަ ކޮންމެވެސް ވަރަކަށް ހައްލުވާނެ ކަމަށެވެ. އަދި ރާއްޖެ ސަރަޙައްދުގެ ވައި ސާފުވާނެ ކަމަށް ބެލެވެނީ، އިރުވައި މޫސުން ނިމޭ ހިސާބުންނެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް ވައި ނުސާފުވުމުގެ މައްސަލަ ކުރިމަތިވެފައިވާއިރު، އޭގެ ސަބަބުން ސިއްޙީގޮތުން ނާޒުކު ޙާލަތްތަކުގައި ތިބޭ މީހުންނަށް ނޭވާލާ ނިޒާމުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށް ސިއްޙީ މާހިރުން ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved