April 30, 2026
Advertisement
ފުލުހުންގެ މައި އިދާރާ
ފުލުހުންގެ މައި އިދާރާ / ތޭރަ އޮންލައިން

ސްކޭމް ކޮށްގެން ދެ ހަފްތާ ތެރޭގައި މިލިޔަނަކަށްވުރެ ގިނަ ރުފިޔާ ފޭރިގެންފި

Yana Shareef
ޔާނާ ޝަރީފް
Dec 16, 2025, 02:25 AM

މިމަހުގެ ފުރަތަމަ ދެ ހަފްތާގެ ތެރޭގައި ސްކޭމް ކޮށްގެން އެއް މިލިޔަނަށްވުރެ ގިނަ ރުފިޔާ ފޭރިގަނެފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިމަހުގެ 1 އިން 14 ވަނަ ދުވަހާ ދެމެދު ސްކޭމްގެ 98 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.

Advertisement

މި މައްސަލަތަކުގައި ޖުމްލަ 1.43 މިލިއަން ރުފިޔާ ވަނީ ފޭރިގަނެފައެވެ. ނަމަވެސް، ފުލުހުން ވިދާޅުވާ ގޮތުގައި އޭގެ ތެރެއިން ދެ ލައްކައަށްވުރެގިނަ ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ. ރިޕޯޓް ކުރެވުނު 98 މައްސަލަ ބެހިފައިވާ ގޮތަށް ބަލާއިރު، އެންމެ ގިނައީ އީ-ކޮމާސް އާ ގުޅުންހުރި މައްސަލަތަކެވެ. އީ-ކޮމާސްގެ 32 މައްސަލަ ރިޕޯޓްކޮށްފައިވާއިރު، އޮޅުވާލައިގެން އެހެން މީހެއްގެ ނަމުގައި ފައިސާ ހޯދުމުގެ 28 މައްސަލަ ވަނީ ރިޕޯޓްކޮށްފައެވެ.

މީގެ އިތުރުން، ފިޝިންގ ލިންކް ބޭނުން ކޮށްގެން 11 މައްސަލަ އަދި ކަރަންސީ އެކްސްޗޭންޖު ގެ 10 މައްސަލަ ރިޕޯޓްކޮށްފައިވެއެވެ. ބާކީ 28 މައްސަލައަކީ އެހެނިހެން ބާވަތްތަކުގެ ސްކޭމް މައްސަލަތަކެވެ.

ސްކޭމް ކުރަން ބޭނުން ކޮށްފައިވާ މައިގަނޑު ވަސީލަތްތަކުގެ ތެރޭގައި ފޯނު ކޯލް، އައިބޭ، އޮންލައިން މެސެޖިން މަންސަތައް، ފިޝިން ލިންކް އަދި ފޭސްބުކް މާކެޓްޕްލޭސް ހިމެނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved