April 30, 2026
Advertisement
-
- / ތޭރަ އޮންލައިން

ފުލުހެއްގެ އަމުރަށް ނުކިޔަމަންތެރިވެ ފުލުހަކަށް ހަމަލާދިން ފުލުހެއް ހައްޔަރުކޮށްފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 16, 2025, 03:45 AM
މާލެ ސިޓީ

ފުލުހުންގެ ދައުރަށް ހުރަސްއަޅައި މާރާމާރީއެއް ހިންގި ކަމުގެ ތުހުމަތުގައި އިތުރު ފުލުހަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ދެ ދުވަސް ޖެހުމަށް ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

Advertisement

މީގެ ދުވަސްތަކެއް ކުރިން ވެސް މާރާމާރީއެއްގެ މައްސަލައަކާ ގުޅިގެން ފުލުހަކު ހައްޔަރުކޮށްފައި ވާއިރު، މިއީ މިފަދަ ދެވަނަ ހާދިސާއެކެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ސްޕެޝަލިސްޓް އޮޕަރޭޝަންސްގައި މަސައްކަތް ކުރަމުންދާ ފުލުހެއް ކަމަށްވާ މ.ކޮޅުފުށި، މުޙައްމަދު މައުސޫމް (22އ) ކަމަށް މައުލޫމާތު ލިބެއެވެ. އޭނާގެ ބަންދަށް ދެ ދުވަސް ޖަހާފައިވަނީ ފުލުހުންގެ ދައުރު އަދާ ކުރުމަށް ހުރަސްއަޅައި މާރާމާރީ ހިންގި ކަމުގެ ތުހުމަތުގައި ކަމަށް ކޯޓު އަމުރުގައި ބަޔާންކޮށްފައިވެ އެވެ.

މި ފުލުސް މީހާއަކީ ކުރިން ހައްޔަރު ބަންދުގެ ރެކޯޑެއް ނެތް މީހެއް ކަމަށް ވެސް ކޯޓު އަމުރުގައިވެ އެވެ.

ދިވެހި ފުލުހުންނަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ލަށަވަރުކުރުމަށް ތިބޭ ބަޔަކަށްވާއިރު ފުލުހުންގެ ފަރާތުން މިފަދަ އަމަލުތައް ފެނިގެން ދިޔުމަކީ ރައްޔިތުންނަށް ދޭން ޖެހޭ ރައްކާތެރިކަން ދިނުމާއި މެދު ސުވާލު އުފެދޭ ކަންކަމެވެ. މިގޮތުން، ގާނޫނާއި ގަވާއިދަށް ނުކިޔަމަންތެރިވެ، ގަވާއިދާއި ޚިލާފަށް އުޅެމުން އަންނަ ފުލުހުންގެ މައްސަލަތައް މިފަހުން އަންނަނީ ސޯޝަލް މީޑީއާގައި ތިލަވަމުންނެވެ.

ފުލުހުންގެ ތެރެއިން ކުށަށް އަރައިގަންނަ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅަމުންދާ ކަމަށް ފުލުހުންގެ އިދާރާއިން ބުނަމުންދެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved