March 16, 2026
Advertisement
ފްލެޓް މައްސަލައިގައި އާބަންކޯގައި ކުރި އިހުތިޖާޖުގެ ތެރެއިން
ފްލެޓް މައްސަލައިގައި އާބަންކޯގައި ކުރި އިހުތިޖާޖުގެ ތެރެއިން / ޗެނަލް 13 އިން ނަގާފައިވާ ސްކްރީން ޝޮޓްއެއް

ފްލެޓްތަކުގެ ކުލި ކުޑަކުރުމަށް ގޮވާލައި އާބަންކޯގައި އިހުތިޖާޖުކޮށްފި

Hanaan Naeem
ހަނާން އަހުމަދު ނަޢީމް
Jan 11, 2024, 05:02 AM
މާލެ ސިޓީ

ހައުސިންގ ޔުނިޓުތަކުގެ ތެރެއިން ފްލެޓްތަކުގެ ކުލި ކުޑަ ކުރުމަށް ގޮވާލާއި އާބަންކޯގައި އިހުތިޖާޖު ކޮށްފިއެވެ.

Advertisement

ބުދަ ދުވަހުގެ މެންދުރު އާންމު ރައްޔިތުންތަކެއް ވަނީ އާބަންކޯއަށް ގޮސް ކަންބޮޑުވުންފާޅުކޮށް އަޑު އުފުލާފައެވެ.

އެމީހުން ބުނި ގޮތުގައި ފްލެޓް ތަކުގެ ކުލި ކުޑަ ކޮށްދޭނެކަމަށް ބުނެ ސަރުކާރުން ވަނީ ދޮގު ވައުދުތަކެއްވެ ރައްޔިތުންނަށް ހުވަފެން ދައްކާފައެވެ.

އަގުތައް ވެސް އެކި ފަހަރު ކިޔަނީ އެކި އަގު. ކުރީ ސަރުކާރުން ކުޑަ ކޮށްދޭނަމޭ ބުނެ ކުލި ކުޑަ ކޮށްދިން ނަމަވެސް މި ސަރުކާރުން ނުކުރޭ. މިއީ ސަރުކާރުން އޮޅުވާލައިފައިވާ ބޮޑު އޮޅުވާލުމެއް

އިހުތިޖާޖުގެ ބައިވެރިން

އިތުރަށް އިހުތިޖާޖުގެ ބައިވެރިންވަނީ ގެންގުޅުނު ޕޯސްޓަރު ތަކުގައި ކޮބައިތޯ ކުޑަކޮށްދިން ކުލި ކަމުގައި ބުނެ ސުވާލު އުފައްދާފައެވެ.

ކުލި ކުޑަ ކޮށްދޭނެ ކަމަށް ބުނެ އިއީ ސަރުކާރުން އޮޅުވާލި ބޮޑު އޮޅުވާލުމެއްގެ ގޮތުގައި ވެސް އިހުތިޖާޖުގެ ބައިވެރިން ވަނީ އެ ވައުދުތައް ސިފަކޮށްފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved