

ފްލެޓުތަކުގެ ކުލި ނުދައްކާ އިޖުތިމާއީ މައްސަލަ ފެންމަތިވީ ހުޅުމާލެއިން ބިން ފޮތި ޖަހާ، މި ސަރުކާރުން ވެސް އަދި ކުރީ ސަރުކާރުންވެސް ހިލޭ ދޫކުރުމުން ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ، އާދިއްތަ ދުވަހުގެރޭ ބޭއްވި ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ޔާމީން ވިދާޅުވީ، ފްލެޓުތަކުގައި ދިރިއުޅެމުންދާ ރައްޔިތުން ކުލި ނުދައްކާނަމަ ނޯޓިސް ފޮނުވަން އެޗްޑީސީއިން ނިންމި ނިންމުން ގޯސް ކަމަށާ އެފަދަ ނޯޓިސްއެއް ނުފޮނުވޭނެ ކަމަށެވެ. އެއީ އެ ރައްޔިތުންނަކީ ވެސް ދިވެހި ރައްޔިތުން ކަމަށާ ހުޅުމާލެއިން ހިލޭ ބިން ދޫކޮށް އެ ބިންތަކުގައި ބުރި ބުރިއަށް އިމާރާތްކޮށް އާމްދަނީ ހޯދުމަށް އެއް ބަޔަކަށް މަގު ފަހިކޮށްދީފައި އަނެއް ބަޔަކަށް ކުލި ދައްކައިގެން އުޅެން މަޖްބޫރު ނުކުރެވޭނެ ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ، މިއަދު ނުކުމެގެން އުޅޭ އިޖްތިމާއީ ހަމަނުޖެހުން އެފުދެން ދިމާވި އަސްލު ސަބަބަކީ ރައީސް އިބްރާޙިމު މުހައްމަދު ސޯލިހު އިންތިހާބާ ދިމާކޮށް ހުޅުމާލެއިން ބިންތައް ހިތު ހުރި ގޮތަކަށް ޕާޓީ ކުދިންނަށް ދޫކުރުމުން ކަމަށާ މި ސަރުކާރު އައިސް ރައީސް ޑރ މުހައްމަދު މުއިއްޒު އެޗްޑީސީގައި ފަޒުލު ރަޝީދު ބަހައްޓައިގެން ވެސް ހަމަ އެ ގޯސް ހެދި ކަމަށެވެ. އެއާއެކު ފްލެޓުތަކުގެ ވެރިން ގަބޫލުކުރާ ގޮތުގައި އެމީހުން ވަކި ފްލެޓުތަކަށް ކުލި ދައްކަން ޖެހޭނެ އުސޫލެއް އޮވެގެން ނުވާނެއެވެ.
ރައީސް ޔާމީން ވިދާޅުވީ، މި ސަރުކާރަށް ކިޔާ ފާޑު ވެރިންނަށް ހަޖަމް ނުވާ ކަމަށާ ނަމަވެސް ގޯސް ހަދާ އެކަންކަން ތަކުރާރު ކުރާ ނަމަ އެ ވާހަކަތައް ދައްކާނެ ކަމަށެވެ.