March 19, 2026
Advertisement
ހޫނު ހަބަރު
ހޫނު ހަބަރު / ތޭރަ އޮންލައިން

"ރީސެޓް" ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ އާޓިފިޝަލް ބީޗަށް ކަރަންޓު ދޭން ސްޓެލްކޯއިން ދެކޮޅު ހަދަނީ، ކޭބަލްތައް ވެސް ނަގައިފި!

Yana Shareef
ޔާނާ ޝަރީފް
Dec 17, 2025, 12:26 AM

ޕީއެންއެފްއިން މިހާތަނަށް ބާއްވާނެ އެންމެ ބޮޑު އެއް ޖަލްސާކަމަށްވާ "ރީސެޓް" ބޭއްވުމަށް ހަމަޖެހިފައިވާތަނަށް ކަަރަންޓު ދޭން ސްޓެލްކޯ އިން ދެކޮޅު ހަދައިފިއެވެ.

Advertisement

ޕީއެންއެފް އިން ރީސެޓް ޖަލްސާ ބޭއްވުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 17 ވާ ބުދަ ދުވަހުގެ ރޭނގަނޑުއެވެ.

ޖަލްސާއަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އާޓްފިޝަލް ބީޗް ސަރަހައްދުގައެވެް.

އެހެންނަމަވެސް ސްޓެލްކޯ އިން މިވަނީ ޖަލްސާ ބާއްވާ ސަރަހައްދަށް ކަރަންޓު ދޭން ދެކޮޅުޔ ހަދާފައެވެ. އަދި އެ ސަރަހައްދުގައި ހުރި ކޭބަލްތަށް ވެސް ސްޓެލްކޯއިން ވަނީ ނަގާފައެވެ.

މިއީ ސީދާ ރައީސް މުއިއްޒުގެ އެންގެވުމުގެ ދަށުން ޖެއްސުންކުރުމަށް ސަރުކާރުން ކުރާކަމެއްކަން ފާހަގަކޮށްލެވެއެވެ. ޕީއެންއެފް އުފެއްދުމަށް ބޭއްވި ޖަލްސާއަށް ވެސް މިފަދައިން ޖެއްސުން ކުރުމުން ޖަލްސާ ބާއްވާފައިވަނީ މި ސަރުކާރުން މިހާރު ރޫޅާލާފައިވާ "ބްރިޖް ވިއު" ސަރަހައްދުގައެވެ.

ޕިއެންއެފްގެ ރީސެޓް ޖަލްސާއަކީ ސަރުކާރުން ކުރާ ނޭދެވޭކަންކަން ރީސެޓްކުރުމަށްކަމަށްބުނެ ބާއްވާ ޖަލްސާއެކެވެ. މި ޖަލްސާއަށް ގިނަ ބަޔަކަށް އެ ޕާޓީން ވަނީ ދައުވަތުވެސް އަރުވާފައެވެ.

ކޮމެންޓު
ކޮމެންޓްތައު
Haleema
Dec 17, 2025, 01:02 AM
Stelco aai mi sarukaaruge nethee hajamu kurumuge gaabilukan. Dheb kon verikameh kureveyni mi rundinnah.
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved