June 18, 2026
Advertisement
-
- / ތޭރަ އޮންލައިން

މުޅި ރާއްޖެއަށް 24 ގަޑިއިރު ކަރަންޓް ޔަގީންކޮށްދިނީ ރައީސް ޔާމީން. #ރީސެޓް ޖަލްސާ އޮންނާނެ - ރެޖިސްޓްރާ ޝިއާން

Aiminath Sarah
އައިމިނަތް ސާރާ
Dec 17, 2025, 01:13 AM
މާލެ ސިޓީ

އަބްދުލްގައްޔޫމް ކަމަށާއި މާދަމާ ބާއްވާ ރީސެޓް ޖަލްސާ އޮންނާނެ ކަމަށް ޕީއެންއެފްގެ ރެޖިސްޓްރާ އަލީ ޝިއާން ވިދާޅުވެއްޖެއެވެ.

Advertisement

ޕީއެންއެފްއިން މިހާތަނަށް ބާއްވާނެ އެންމެ ބޮޑު އެއް ޖަލްސާކަމަށްވާ "ރީސެޓް" ބޭއްވުމަށް ހަމަޖެހިފައިވާތަނަށް ކަަރަންޓު ދޭން ސްޓެލްކޯ އިން ދެކޮޅު  ހެދުމާއި ގުޅިގެން އަލީ ޝިއާން ކުރެއްވި ޓްވީޓެއްގައި ބުނެފައިވަނީ ރައީސް ޔާމީނުގެ ވެރިކަމުގެ ކުރިން ރާއްޖޭގެ ގިނަ ރަށްރަށަށް ކަރަންޓް ލިބެމުން ދިޔައީ 12 ގަޑިއިރު ކަމަށާއި އެމަނިކުފާނުވަނީ ރާއްޖޭގެ ރައްޔިތުންނަށް ކަރަންޓް ޔަގީންކޮށްދީފައި ކަމަށެވެ.

ރައީސް ޔާމީނުގެ ޒައާމަތުގައި އެމަނިކުފާނު ވަނީ “24 ގަޑިއިރު ކަރަންޓް ޔަގީން” ނަމުގައި ޕްރޮގްރާމެއްވެސް ފައްޓަވާ ރައްޔިތުންނަށް އެތަކެއް ލުޔެއް ހޯއްދަވާފައެވެ.

ޕީއެންއެފް އިން ބާއްވާ ރީސެޓް ޖަލްސާއަށް ބޮޑު ތަރުހީބެއް ލިބިފައިވާއިރު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވަނީ އާޓްފިޝަލް ބީޗް ސަރަހައްދުގައެވެް.

އެހެންނަމަވެސް ސްޓެލްކޯ އިން މިވަނީ ޖަލްސާ ބާއްވާ ސަރަހައްދަށް ކަރަންޓު ދޭން ދެކޮޅުޔ ހަދާފައެވެ. އަދި އެ ސަރަހައްދުގައި ހުރި ކޭބަލްތަށް ވެސް ސްޓެލްކޯއިން ވަނީ ނަގާފައެވެ.

-
-

މިއީ ސީދާ ރައީސް މުއިއްޒުގެ އެންގެވުމުގެ ދަށުން ޖެއްސުންކުރުމަށް ސަރުކާރުން ކުރާކަމެއްކަން ފާހަގަކޮށްލެވެއެވެ. ޕީއެންއެފް އުފެއްދުމަށް ބޭއްވި ޖަލްސާއަށް ވެސް މިފަދައިން ޖެއްސުން ކުރުމުން ޖަލްސާ ބާއްވާފައިވަނީ މި ސަރުކާރުން މިހާރު ރޫޅާލާފައިވާ "ބްރިޖް ވިއު" ސަރަހައްދުގައެވެ.

ޕިއެންއެފްގެ ރީސެޓް ޖަލްސާއަކީ ސަރުކާރުން ކުރާ ނޭދެވޭކަންކަން ރީސެޓްކުރުމަށްކަމަށްބުނެ ބާއްވާ ޖަލްސާއެކެވެ. މި ޖަލްސާއަށް ގިނަ ބަޔަކަށް އެ ޕާޓީން ވަނީ ދައުވަތުވެސް އަރުވާފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved