June 18, 2026
Advertisement
.
. / ތޭރަ އޮންލައިން

"ރީސެޓް" ޖަލްސާ ކަވަރ ކުރުމަށް ރާއްޖޭގެ ހުރިހާ މީޑިއާއަކަށް ދައުވަތު އަރުވައިފި!!

Yana Shareef
ޔާނާ ޝަރީފް
Dec 17, 2025, 08:33 PM

ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން މިރޭ ބާއްވާ "ރީސެޓް" ޖަލްސާ ކަވަރ ކުރުމަށް މީޑިއާތަކަށް ދައުވަތު އަރުވައިފިއެވެ.

Advertisement

ޕީއެންއެފްގެ ސެކެޓްރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް ވަނީ މިރޭގެ ޖަލްސާގެ ހާއްސަ ނަމްބަރު (ރައީސް ޔާމީން ވާހަކަފުޅު ދައްކަވާ މަންޒަރު) ގެ ފޮޓޯ ނެގުމަށާއި އިވެންޓު ކަވަރ ކުރުމަށް ހުރިހާ މީޑިއާތަކުގެ ފޮޓޯގްރަފަރުންނާއި ނޫސްވެރިންނަށް ދައުވަތު އަރުއްވާފައެވެ.

ރީސެޓް ޖަލްސާގެ އެންމެ ފަހުގެ ތައްޔާރީތައް ވަމުން އަންނައިރު މި ޖަލްސާގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރިވާނެކަމަށް ޕީއެންއެފް އިން މައުލޫމާތު ދެއެވެ.

ޕީއެންއެފުން ބާއްވާނެ އެންމެ ބޮޑު އިވެންޓަކަށް މި އިވެންޓު ވެގެންދާނެތީ ސަރުކާރުން އަންނަނީ ޖަލްސާއަށް ނުފޫޒު ފޯރުވަމުންނެވެ.

އެގޮތުން ޖަލްސާ ބާއްވާ ސަރަހައްދަށް ކަރަންޓު ނުދިނުމަށްޓަކައި އެތަނުގައި ވަޅުލާފައިހުރި ކޭބަލްތައް ވެސް ސްޓެލްކޯއަށް އަންގައިން ވަނީ ނަގާފައެވެ. މިކަމާ ގުޅިގެން ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ އަމިއްލަ ޖެނެސެޓެއް ގެންގޮސް ޖަލްސާ ބޭއްވުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved