June 18, 2026
Advertisement
.
. / ސޯޝަލް މީޑިއާ

ސްޓެލްކޯއިން ކަރަންޓު ދިނުމަށްފަހު ވެސް ޖެއްސުންކުރާތީ ރީސެޓް ޖަލްސާ ފެށުން ލަސްވީ

Yana Shareef
ޔާނާ ޝަރީފް
Dec 18, 2025, 02:37 AM

ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްގެ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ރީސެޓް ޖަލްސާ ބާއްވާ ސަރަހައްދަށް ސްޓެލްކޯއިން ކަރަންޓު ދިނުމަށްފަހު ވެސް ކަރަންޓުގެ މައްސަލަ ދިމާވާތީ ޖަލްސާ ފެށުން ލަސްވެއްޖެއެވެ.

Advertisement

ޖަލްސާ ފެެށެން ހަމަޖެހިފައިވީ 8:30 ގައެވެ. އެހެންނަމަވެސް ކަރަންޓުގެ މައްސަލަ ދިމާވުމާއި ގުޅިގެން ޖަލްސާ ފެށުން ލަސްވީކަމަށް އެ ޕާޓީން މައުލޫމާތުދެއެވެ.

ރޭ އާޓިފިޝަލް ބީޗުގައި ހުރި ކޭބަލްތައް ނަގާ ސްޓެލްކޯ އިން ވަނީ ޕީއެންއެފްގެ ޖަލްސާއަށް ކަރަންޓު ދޭން ދެކޮޅު ހަދާފައެވެ.

މިކަމާ ގުޅިގެން ރައީސް ޔާމީންގެ އަމިއްލަ ޖެނެސެޓް ގެނެސް އެ ސަރަހައްދަށް ކަރަންޓު ދިނުމަށް މަސައްކަތް ފެށިތާ މާއިރެއް ނުވެ، ސްޓެލްކޯ އިން ވަނީ އަނެއްކާވެސް ކޭބަލްތައް ވަޅުލައި ކަރަންޓު ދީފައެވެ.

އެހެންނަމަވެސް ޖަލްސާ ފެށެން ގަޑި ކައިރިވަމުންދިޔަވަރަކަށް ކަރަންޓުގެ އެކި އެކި މައްސަލަތއް ދިމާވުމާ ގުޅިގެން ވަނީ އަނެއްކާވެސް އަމިއްލަ ޖެނެސެޓުން ކަރަންޓުދީަފއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved