March 26, 2026
Advertisement
.
. / ތޭރަ އޮންލައިން

ރައީސް ޔާމީންގެ ފަރާތުން ދެއްކެވި މަމްދާނީ އަކީ ޒަރިޔަންދު!

Yana Shareef
ޔާނާ ޝަރީފް
Dec 18, 2025, 03:22 AM

2026 ވަނަ އަހަރު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީގެ މޭޔަރުކަމަށް ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ފަރާތުން ވާދަކުރައްވަނީ ދައުލަތުގެ ބޮޑެތި މަގާމުތަކެއް ފުރުއްވާފައިވާ އިސްމާއިލް ޒަރިޔަންދުކަމަށް އިއުލާނުކޮށްފިއެވެ.

Advertisement

ޕީއެންއެފްގެ 'ރީސެޓް' ޖަލްސާގައި 'ރީސެޓް' ކެމްޕެއިން ލޯންޗުކޮށްދެއްވީ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމްއެވެ.

ރިސެޓް ކެމްޕެއިންގެ ދަށުން "ދަ ނޭޝަނަލް ކެންޑިޑޭޓް" އެ ޕާޓީން ވަނީ އިއުލާނުކޮށްފައެވެ. އެގޮތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ވާދަކުރައްވާނީ އިސްމާއިލް ޒަރިޔަންދުކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

ކުރީގެ ގައުމީ ގޯލްކީޕަރު އަދި ދައުލަތުގެ އޮޑިޓިން ދާއިރާގައި ދިގު މުއްދަތެއް ހޭދަކުރެއްވި ޒަރިޔަންދު، ޕީއެންއެފްގެ ފަރާތުން ނުކުންނަވަނީ، އޭނާ ވިދާޅުވި ގޮތުގައި، މާލެ ސިޓީ ކައުންސިލްގައި ހުރި މައްސަލަތައް ހައްލުކުރަން އޭނާ ކަހަލަ ބޭފުޅަކު ބޭނުންވާ ކަމަށް ރައީސް ޔާމީން ވިދާޅުވުމުންނެވެ.

އެއީ އޭގެ ކުރިން ސިޔާސީ އެހެން ލީޑަރަކު އޭނާ ކައިރީ ވިދާޅުވި ވާހަކައެއް ނޫން ކަމަށް ވެސް ޒަރިޔަންދު ވިދާޅުވިއެވެ.

ޒަރިޔަންދުއަކީ ދައުލަތުގެ އެކި އިދާރާތަކުގައި 30 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ. އޭގެތެރެއިން 20 އަހަރަށްވުރެ ގިނަ ދުވަހު އޭނާ ވަނީ އޮޑިޓާ ޖެނެރަލްގެ އޮފީހުގައި ސީނިއާ އޮޑިޓަރެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ.

އޭގެއިތުރުން އޭނާ ވަނީ ފިނޭންސް މިނިސްޓްރީގައި ވެސް މުހިންމު މަސައްކަތްތަކެއް ކުރައްވައިފަ އެވެ. އެގޮތުން ދައުލަތުގެ ބަޖެޓު އެކުލަވައިލުމާއި އެ ނޫން ވެސް ބައެއް މުހިންމު ޒިންމާތައް އޭނާ އުފުއްލަވާފައިވެ އެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved