June 18, 2026
Advertisement
.
. / ތޭރަ އޮންލައިން

މި މާލެއަށް ބޭނުންވަނީ ސިޔާސީ ފިކުރުން ތަތްތެޅި، އާންމު މީހާ ކެކުޅުމުގެ ތެރެއަށް ދޫކޮށްލާނެ ލީޑަރުންނެއް ނޫން: ޒަރިޔަންދު

Yana Shareef
ޔާނާ ޝަރީފް
Dec 18, 2025, 03:50 AM

މާލެ ސިޓީއަށް ބޭނުންވަނީ ސިޔާސީ ފިކުރުން ތަތްތެޅިފައި ތިބި ލީޑަރުން ނޫންކަމަށް ޕީއެންއެފް އިން މާލެ ސިޓީ މޭޔަރުކަމަށް ނިކުންނަވާ ގައުމީ ކެންޑިޑޭޓު އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.

Advertisement

ޒަރިޔަންދު މިފަދައިން ވިދާޅުވެފައި ވަނި ޕީއެންއެފްގެ ރީސެޓް ޖަލްސާގައި ވާހަަކަ ދައްކަވަމުންނެވެ.

ޒަރިޔަންދު ވިދާޅުވީ މާލެ ސިޓީއަށް ބޭނުންވަނީ ސިޔާސީ ފިކުރުން ތަތްތެޅި އާންމު މީހާ ކެކުޅުމަށް ދޫކޮށްލާނެ ވަރުގެ ލީޑާރުން ނޫންކަމަށާއި ބޭނުންވަނީ އެޔަށްވުރެ ސިޔާސީ ފިކުރުގައި ހުރެ، އާންމު މީހާގެ ކެކުޅުމަށް ތަސައްލީއެއް ގެނެއުމުގެ އިތުރުން ހިތްވަރާއި ތަޖުރިބާގެ އިތުރުން މާލެ ސިޓީއަށް ބޭވަފާތެރި ނުވާނެ ވަރުގެ ލީޑަރެއްކަމަށެވެ.

މާލެ ސިޓީގެ މޭޔަރުކަމުގެ މަސްއޫލިއްޔަތާ ހަވާލުވުމަށް ކުރިމަތިލީ މާލެއަށް ދިމާވެފައިވާ މައިގަނޑު މައްސަލަތަކާއި މާލޭގެ ރައްޔިތުންނަށް ލިބެންޖެހޭ އިޖުތިމާއީ އިގުތިޞާދީ ކުރިއެރުމަށް ހުރި ގޮންޖެހުންތަށް އެނގޭ މީހެއްކަމަށްވާތީކަމަށް ޒަރިޔަންދު ވިދާޅުވިއެވެ.

އަޅުގަނޑުގެ ބޭނުމަކީ މޭޔަރުކަމުގެ ދައުރުތެރޭ، މާލޭގެ ތަހުޒީބީ މުޖުތަމައުއަކަށް ފެތޭގޮތަށް ތަރުތީބުކޮށް، މި މާލޭގެ ކޮންމެ ރައްޔިތަކަށް ލިބެންޖެހޭ ހައްގުތަށް ހޯދައިދެވޭނެ އިންތިޒާމެއް ގާއިމުކޮށް، ޒަމާނީ ހިދުމަތް ދޭނެ ވަސީލަތަކަށް ބަދަލުކުރުން

އިސްމާއިލް ޒަރިޔަންދު

ޒަރިޔަންދު ވިދާޅުވީ އިންތިޚާބުވެއްޖެނަމަ ދެމިހުންނާނީ މާލެ ސިޓީގެ ރައްޔިތުންގެ ހާދިމެއްގެ ގޮތުގައިކަމަށެވެ. މިކަމަށް ކުރިމަތި ލެއްވީ ސިޔާސީ ހަރުގަނޑަކަށް ބަލައި ބޮޑު ގޮނޑިއަކަށް އަރައިވަޑައިގަންނަވާކަށް ނޫންކަމަށް ވެސް ޒަރިޔަންދު ފާހަގަކުރެއްވިއެވެ.

ޒަރިޔަންދު އެދެނީ މޭޔަރުކަން ލިބިއްޖެނަމަ މާލެ ސިޓީ ތަހުޒީބީ މުޖުތަމައުއަކަށް ފެތޭގޮތަށް މާލެޭގެ ކޮންމެ ރައްޔިތަކަށް ލިބެންޖެހޭ ހައްގުތަށް ހޯދައިދެވޭނެ އިންތިޒާމެއް ގާއިމުކޮށް ޒަމާނީ ހިދުމަތްދޭނެ ވަސީލަތަކަށް ބަދަލުކުރުންކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved