theyra online
ހަބަރު
ސިޔާސީ
ވިޔަފާރި
ދުނިޔެ
ރިޕޯޓު
ވީޑިއޯ
ފޮޓޯ
Theme
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved
ރައީސް ޔާމީން "ރީސެޓް" ޖަލްސާގައި ވާހަކަފުޅު ދައްކަވަނީ / ތޭރަ އޮންލައިން
ސިޔާސީ
ސުޕްރީމް ކޯޓުގެ ބެންޗުން ގެއްލިގެންދިޔައީ ޓޮޕް ކޮލިޓީ ތިން ފަނޑިޔާރުން: ރައީސް ޔާމީން
Yana Shareef
ޔާނާ ޝަރީފް
17 ޑިސެމްބަރު 2025

ރީސެޓްކުރަން އެންމެ ބޮޑަށް ޖެހެނީ 'ޝަރުއީ ދާއިރާ"ކަމަށާއި އެކަމުގެ އެއް ހެއްކަކީ ސުޕްރީމް ކޯޓުގެ ބެންޗުން ގެއްލިގެންދިޔަ ޓޮޕް ކޮލެޓީ ތިން ފަނޑިޔާރުންކަމަށް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިފަދައިން ވިދާޅުވެފައިވަނީ ޕިއެންެއެފްގެ ރިސެޓް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ޔާމީން ވިދާޅުވީ މި ސަރުކާރުގެ ގިނަ ކަންކަމަކީ ރީސެޓް ކުރަންޖެހޭ ކަންކަންކަމަށެވެ. އެހެންނަމަވެސް އެެންމެ ބޮޑަށް ރިސެޓް ކުރަން ޖެހޭނީ ޝަރުއީ ދާއިރާކަމަށް އިޝާރަތް ކުރައްވާ އެމަނިކުފާނު ވަނީ ސުޕްރީމް ކޯޓުގެ ކުރީގެ ތިން ފަނޑިޔާރުންކަމަށްވާ، ހުސްނުއް ސުއޫދާއި، އަޒްމިރާލްދާ ޒާހިރުގެ އިތުރުން މަހާޒް ޒާހިރު ވަކިކުރުމަށް ސަރުކާރުން ޖުޑިޝަލް ސާވިސް ކޮމިޝަނަށް ނުފޫޒު ފޯރުވިކަމަށް ވިދާޅުވެ ފާޑުކިޔުއްވާފައެވެ.

ކޮންމެ މީހެއްގެ މައްޗަށްވެސް ތުހުމަތެއްް ކުރެވިއްޖެނަމަ އޭނާ އަމިއްލަ ނަފުސު ދިފާއުކޮށް ވާހަކަ ދެއްކުމުގެ ފުރުސަތަކީ ގާނޫނު އަސާސީން ވެސް ދީފައިވާ އެއްޗަަކަށްވާއިރު އެފަދައިން އެ ފަނޑިޔާރުންނާ މެދު އަމަލުކޮށްފައި ނުވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްސަލައިގައި ޖަލުގައި ހުންނެވީމަ ކެންޑިޑެސީ ނުލިބޭނެކަމަށް ބުނެ އެ ފަނޑިޔާރުން ކަންތައް ކުރެއްވި ގޮތަކީ އަދި އެހެން ކަމެއްކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ އެ ތިން ފަނޑިޔާެރުންނަކީ ވެސް ޓޮޕް ކޮލެޓީ ތިން ފަނޑިޔާރުންކަމަށް ވިދާޅުވެފައެވެ.

އޭގެން ކޮންމެ ބޭފުޅަކަށް ޕާސަނީ ލިބޭނެ ގެއްލުމެއް ނޯވެދާނެ. ނަމަވެސް ރައްޔިތުންނަށް ގެއްލުންވެގެން މިދިޔައީ، ހަގީގަތުގައި އަޅުގަނޑަށް ގެއްލިގެން މިދިޔައީ ޓޮޕް ކޮލެޓީ ތިން ފަނޑިޔާރުން. ޓޮޕް ކޮލެޓީ ތިން ފަނޑިޔާރުން ގެއްލިގެން މިދިޔައީ..

- ރައީސް ޔާމީން

މި މައްސަލައިގެ ސަބަބުން ސުއޫދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވިއިރު، އަޒްމިރާލްދާއާއި މަހާޒުގެ މައްސަލަ ޖޭއެސްސީން ބެލުމަށްފަު ރައްޔިތުންގެ މަޖިލިހަށް ފޮނުވިއިރު، އެތަނުގައި ތިބީ އޮޅު ހިޔާ ފެސިލިޓީގައި ތިބޭ ބުޅާތަކެއްކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.

ރައިސް ޔާމީން ވިދާޅުވީ މިކަމުގައި އެންމެ ބޮޑު ދައުރެއް އަދާ ކުރެއްވީ އުއްތަމަ ފަނޑިޔާރުކަމަށެވެ. "ހާރު އަޅައިގެން" ރިޓަޔަރ ވެގެން މިހާރު އުޅުއްވަނީ ވިޔާފަރިކުރުމުގައި ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ ފާޑުކިޔުން އަމާޒުކުރައްވާފައެވެ.

ކޮމެންޓު
Copyright © 2013-2025 Media Ring Pvt Ltd.
All rights reserved