April 17, 2026
Advertisement
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން / އެޑިޝަން.އެމްވީ

ޝަމްއާންގެ ސުވާލު ހުއްޓުވުމުން ދޭހަވީ އިހުސާން ނުފޫޒު ފޯރުވި ވާހަކައަކީ ތެދެއްކަން!

Yana Shareef
ޔާނާ ޝަރީފް
Dec 19, 2025, 12:49 AM

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ހިނގަމުންދާ ޝަރީއަތުގެ މަޖިލީހުގައި އަންގާރަ ދުވަހުގެ އަޑުއެހުމުގައި ޝަމްއާން ކުރި ދެ ސުވާލެއް ޝަރީއަތުންނާއި ޕީޖީން ހުއްޓުވައިފިއެވެ.

Advertisement

އެދުވަހުގެ އަޑުއެހުމުގައި ދެ ހެއްކެއްގެ ހެކިބަސް ނަގާފައިވާއިރު، އެއް ހެއްކެއްގެ ގޮތުގައި ހާޒިރުވީ އިމިގްރޭޝަންގައި މިވަގުތު ވެސް ވަޒީފާގައި ހުރި ފަރާތެއްކަމަށްވާ ޢަހްދުﷲ ސިރުފާނެވެ.

ސިރުފާންއާ ސުވާލުކުރުމަށް ކޮންޓްރޯލަރއަށް ލިބުނު ފުރުސަތުގައި ސުވާލުކުރައްވަމުން ގޮސް، ސަރުކާރުގެ ހޯމްލޭންޑް މިނިސްޓަރާ ގުޅިގެން ކުރި ސުވާލަށް ސިރުފާން ޖަވާބުދިނުމުގެ ކުރީގައި ޝަރީއަތް ކުރައްވަން އިންނެވި ފަނޑިޔާރު ވަނީ އެ ސުވާލުގެ ޖަވާބު ހުއްޓުވާފައެވެ. އަދި ދައުލަތުންވެސް އެ ސުވާލަށް އޮބްޖެކްޓްކުރައްވާފައިވެއެވެ.

ސިރުފާނާ ޝައްމާން އަމާޒުކުރެއްވި ސުވާލަކީ، ހޯމްލޭންޑް މިނިސްޓަރު އިހުސާނާއި މިނިސްޓަރުގެ ޕީއޭ އާއި އެމިނިސްޓްރީގެ ބައެއް މުވައްޒަފުން ގާނޫނާ ގަވާއިދާ ހިލާފު ކަންތައްތަކެއް ކުރުމަށް އިމިގްރޭޝަންގެ ވަކި ވަކި މުވައްޒަފުންތަކަކަށް ގުޅައި ދިން އިރުޝާދުތަކެއްގެ މައުލޫމާތު ކޮންޓްރޯލަރއަށް ލިބުމާ ގުޅިގެން އެކަން ހުއްޓުވާފައިވަނީ ތިމަންނާ ނޫންތޯ ވިދާޅުވެ ކުރެއްވި ސުވާލެކެވެ.

މި ސުވާލު ކުރެއްވުމާއެކު ފަނޑިޔާރުވަނީ އެ ސުވާލަށް ކޮންމެހެން ޖަވާބު ނުދެއްވިޔަސް އެންމެ ރަނގަޅުކަމުގައި ވިދާޅުވެ އެ ސުވާލު ހުއްޓުވާފައެވެ. އަދި ހެޑްލައިން ހެދުމަށާއި މީޑިއާ ސާކާސްއަށް ޝަރީއަތުން ޖާގަ ނުދޭނެކަމަށް ފަނޑިޔާރު ވަނީ ވިދާޅުވެފައެވެ.

މި ސުވާލު ޝަރީއަތުން ހުއްޓުވާފައިވާއިރު، ހެކިބަސްއަދާކުރި ސިރުފާނަކީ ޝަމްއާންގެ ޕާރސަނަލް އެސިސްޓަންޓްގެ މަގާމުގައި އެދުވަސްވަރު ހުރި ފަރާތަކަށްވެފައި، ޝަމްޢާން ކުރެއްވި އެ ސުވާލުގައި ބުނާ ހާދިސާ އަކީ ހިނގި ކަމެއް ނަމަ އެކަން ހިނގިކަން ޔަގީނުންވެސް އެނގޭނެ ފަރާތެކެވެ.

އަދި ޝަމްޢާންގެ މައްޗަށް ތުހުމަތުކުރާ މައްސަލައަކީ މިނިސްޓަރު އިހުސާނާ ގުޅުންހުރި ބިދޭސީއެއްގެ މައްސަލައެއްކަން އެނގެން އޮންނައިރު، ޝަމްޢާންގެ ފަރާތުން ޝަރީއަތުގައި ކުރި ސުވާލަކީ ހެއްކަކާ ސުވާލުކުރުމުގައި ދައުވާއާ ރިލެވެންޓް ސުވާލެއްވެސްމެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved