April 17, 2026
Advertisement
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން / އެޑިޝަން.އެމްވީ

ޝަމްއާންގެ އިސްތިއުނާފު ސުޕްރީމު ކޯޓުން ބޭރުކޮށްލައިފި

May 8, 2025, 02:11 AM
މާލެ ސިޓީ

ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކުރި އަމުރުގެ އިސްތިއުނާފު މައްސަލަ ނުބަލަން ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

Advertisement

މައުލޫމާތު ލިބިފައިވާ ގޮތުގައި ޝަމްއާން ޝަރީއަތް ނިމެން ދެން ބަންދުގައި ބަހައްޓަން ދަށު ކުރި ކޯޓުން ކުރި ހުކުމް ދަމަހައްޓަން ހައި ކޯޓުން ނިންމުމުން އެ މައްސަލަ ޝަމްއާންގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ރަޖިސްޓްރާ ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމާފައެވެ.


ޝަމްއާންގެ އިސްތިއުނާފު ބަލައިނުގަތުމަށް ސުޕްރީމު ކޯޓުން ނިންމި އިރުއިރު ހައި ކޯޓަށް ވެސް ފުރަތަމަ ހުށަހެޅުމުން މައްސަލަ ބަލައި ނުގަތުމަށް އެ ކޯޓުގެ ރަޖިސްޓްރާ ވެސް ނިންމުމުން އެ ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހަށް ހުށަހެޅުމުން ޝަމްއާންގެ އިސްތިއުނާފު ބަލައިގަތުމަށް ހައިކީޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމީއެވެ.

ޝަމްއާންގެ ބަންދަށް ކްރިމިނަލް ކޯޓުން 15 ދުވަސް ޖެހީ މިދިޔަ މާޗް މަހުގެ 22ގައެވެ. އެ މުއްދަތު ހަމަވުމުން، އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން މިދިޔަ މަހުގެ ހަވަނަ ދުވަހު ވަނީ އަމުރުކޮށްފައެވެ.

ހައި ކޯޓުން ދަށު ކޯޓުގެ ހުކުމް ދެމެހެއްޓީ ޝަމްއާން ބަންދުކުރުމަށް ކުރި ދެ އަމުރުވެސް ބާތިލްކުރާނެ ގާނޫނީ ހަމައެއް ނެތް ކަމަށް ބުނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved