April 17, 2026
Advertisement
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝައްމާން
ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރ ޝައްމާން / އެޑިޝަން.އެމްވީ

ޝަމްއާންގެ ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުން މިއަދު ދަމަހައްޓައިފި

Hussain Nawaf
ހުސައިން ނަވާފް
Apr 29, 2025, 09:00 PM

މި ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަން ކޮންޓްރޯލަރު ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުން މިއަދު ދަމަހައްޓައިފިއެވެ

Advertisement

އެ މައްސަލަަ މިއަދު ނިންމަމުން ހައި ކޯޓުން ވަނީ މުހިންމު އެހެން ނިންމުމެއް ވެސް ނިންމައިފަ އެވެ.

ހައި ކޯޓުން މިއަދު ހުކުމްކުރީ ޝަމްއާންގެ ފަރާތުން ހުށަހެޅި އެއްވެސް ނުކުތާއަކުން އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކުރީ ގާނޫނުތަކާއި އިޖުރާއަތްތަކާ ހިލާފަށް ކަމަށް ބާރުދޭނެ ކަމެއް ދެއްކެވިފައި ނުވާ ކަމަށެވެ.

ކޮރަޕްޝަންގެ ތުހުމަތު އޮތް ނަމަވެސް މަނީ ލޯންޑަރިންގެ ތުހުމަތު ފުލުހުންނަށް ވަކިން ތަހުގީގު ކުރެވޭނެ ކަމަށް ވެސް ހައި ކޯޓުގެ ހުކުމުން ކަނޑައެޅި އެވެ.

އެހެންކަމުން ޝަރީއަތް ނިމެންދެން ޝަމްއާން ބަންދު ކުރަން ދަށު ކޯޓުން ކޮށްފައިވާ އަމުރު ބާތިލު ކުރެވެން ނެތް ކަމަށް ކޯޓުން ބުންޏެވެ.

ހައި ކޯޓުން ހުކުމްކުރެއްވީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެ ބެންޗުގައި ތިއްބެވީ ފަނޑިޔާރު އަބްދުލް މާނިއު، ފަނޑިޔާރު މުހައްމަދު ނިޔާޒުގެ އިތުރުން ފަނޑިޔާރު ހަސަން ޝަފީއުއެވެ.

ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރީ ހެއްކަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށްގެންނެވެ. ނަމަވެސް އިސްތިއުނާފު އަޑުއެހުމުގައި އޭނާގެ ވަކީލު ވިދާޅުވީ ޝަމްއާން ނުފޫޒު ފޯރުވަން ޖެހޭ ހެއްކެއް ނުހުންނާނެ ކަމަށާއި ދެކޮޅަށް ހެކި ދިން މީހުން ވެސް ޝަމްއާންއަށް ނޭނގޭ ކަމަށެވެ.

މި ސަރުކާރުގެ ފުރަތަމަ އިމިގްރޭޝަނުގެ ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދު މަގާމުން ވަކިކޮށް އޭނާ ބަންދުގައި ބަހައްޓައިގެން އުޅެނީ ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާންގެ "ވީޑިއޯ"އެއް ޝަމްއާން އަތުގައި އޮތްކަން އެނގުމުން ކަމަށް އޭނާގެ އާއިލާއިން އަންނަނީ ބުނަމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved