April 25, 2026
Advertisement
-
- / އަލްޖަޒީރާ

ބަންގާޅުގެ ޖެންޒީ ލީޑަރު ޝަހީދުކޮށްލުން: ރައްޔިތުން ހިންދޫ އިން ހަވަރަށް ދޭން ފަށައިފި

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 22, 2025, 02:29 AM
މާލެ ސިޓީ

ބަންގްލަދޭޝްގެ ޒުވާން ސިޔާސީ ލީޑަރަކު އަވަހާރަކޮށްލުމާއި ގުޅިގެން އެ ޤައުމުގެ ރައްޔިތުންގެ މެދުގައި ހިތްހަމަނުޖެހުމާއި ނުރުހުން ބޮޑުވެ، މި ހަމަލާގެ ތުހުމަތު ހިންދޫންނަށް އަމާޒުކުރަމުންދާ ކަމަށް ރިޕޯޓްކޮށްފިއެވެ. މި ހާދިސާއަކީ ގިނަ ބަޔަކު ސިފަކުރަނީ ސީދާ ރޭވިގެން ދެވުނު ހަމަލާއެއްގެ ގޮތުގައެވެ.

Advertisement

އަވަހާރަކޮށްލެވުނު ޒުވާން ލީޑަރު ޝާރިފް އޮމާން ހާދީ އިންތިޚާބުގައި ކުރިމަތިލައްވައިފިނަމަ ބޮޑު ކާމިޔާބީއެއް ހޯއްދެވުމުގެ ފުރުސަތު ބޮޑުކަމަށް ރައްޔިތުން ދެކެއެވެ. އެހެންކަމުން، މި ލީޑަރު އަވަހާރަކޮށްލެވުނީ އެ ފުރުސަތު ހަނިކުރުމުގެ ބޭނުމުގައި ކަމަށް ބަންގްލަދޭޝްގެ ގިނަ ރައްޔިތުން ތުހުމަތުކުރެއެވެ.

މި ހާދިސާއާ ގުޅިގެން ބަންގްލަދޭޝްގެ ރައްޔިތުންގެ ތެރޭގައި އާންމުކޮށް ދެކެވޭ ވާހަކަތަކުގައި ބުނެފައިވަނީ، މިކަން ހިންގާފައިވަނީ އިންޑިއާގެ ޖާސޫސީ އިދާރާ (ރޯ) އިން، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ އަމުރަށް ކަމަށެވެ. އެގޮތުން، ޝެއިޚް ހަސީނާ މިހާރު ހުންނެވީ އިންޑިއާގެ ހިމާޔަތުގައި ކަމަށްވާއިރު މިއީ ޝެއިޚް ހަސީނާގެ ރޭވުމުގެ ދަށުން އިންޑިއާ ސަރުކާރުން ހިންގި ފިނޑި އަމަލެއްގެ ގޮތުގައި ގިނަ ބަޔަކު އަންނަނީ ސިފަކުރަމުންނެވެ.

-
-

މިފަދަ ތުހުމަތުތައް އުފެދުމުގެ އެއް ސަބަބަކީ، ބަންގްލަދޭޝްގެ ކޯޓަކުން ޝެއިޚް ހަސީނާގެ މައްޗަށް އަމުރެއް ނެރެފައިވާއިރުވެސް އިންޑިއާއިން ޝެއިޚް ހަސީނާ އެ ޤައުމަށް ފޮނުވުމަށް ދެކޮޅު ހަދަމުން ދިޔުމާއި ގުޅިގެންނެވެ.

މި ހާދިސާގެ ފަހަތުގައިވާ ހަގީގަތްތަކާ ބެހޭ ގޮތުން މިހާތަނަށް ރަސްމީ އެއްވެސް މައުލޫމާތެއް ހާމަކޮށްފައިނުވާއިރު، ރައްޔިތުންގެ ތެރޭގައި އުފެދިފައިވާ ނުރުހުންތެރިކަމާއި، ހިންދޫންނަށް ދެކޮޅަށް ހިންގާ ހަރަކާތްތައް ގިނަވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. މިކަމުގެ ސަބަބުން ބަންގްލަދޭޝްގެ ސިޔާސީ މަސްރަޙު ވަރަށް ބޮޑަށް ހޫނުވެފައިވާކަން ފާހަގަކުރެވެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved