March 15, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ރާއްޖެއަށް މޫސުން ގޯސްވެ، ފެންބޮޑުވާނެ - އިންޑިއާގެ މޫސުމާއި ބެހޭ އިދާރާ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 22, 2025, 02:41 AM
މާލެ ސިޓީ

އިންޑިއާގެ މޫސުމާއި ބެހޭ އިދާރާ (އައި.އެމް.ޑީ) އިން ނެރުނު ރިޕޯޓެއްގައި ރާއްޖޭގެ ބައެއް ސަރަޙައްދުތަކަށް މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހި ފެންބޮޑުވާނެ ކަމަށް ލަފާކޮށްފިއެވެ. މި ލަފާކުރުންތަކާއެކު، ރައްޔިތުން މޫސުމަށް ސަމާލުވުމަށް އިދާރާތަކުން އިލްތިމާސްކުރެއެވެ.

Advertisement

އައި.އެމް.ޑީގެ މޫސުމީ ލަފާކުރާ މަރުކަޒުން ބުނެފައިވާ ގޮތުގައި، ދެކުނު އިންޑިއާ ކަނޑު ސަރަޙައްދަށް އަންނަ ބަދަލުތަކާ ގުޅިގެން ރާއްޖެއަށް ވަރަށް ބޯކޮށް ވާރޭވެހުމާއި، ގަދަ ވަޔާއެކު ކަނޑުތައް ގަދަވެދާނެއެވެ. ޚާއްޞަކޮށް މެދުރާއްޖެތެރެއާއި ދެކުނުގެ އަތޮޅުތަކަށް މޫސުމުގެ ނޭދެވޭ އަސަރު ފޯރާނެކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.

މިކަމުގެ ސަބަބުން ތިރި ހިސާބުތަކަށް ފެންބޮޑުވުމާއި، ބަނދަރުތަކާއި ފަޅުތެރެއަށް ރާޅު އެރުމުގެ ފުރުސަތު ބޮޑުކަމަށް އައި.އެމް.ޑީން ބުނެއެވެ. މިކަމުގެ ސަބަބުން ޚާއްޞަކޮށް ގެދޮރުތަކަށް ފެންވަދެ، މަގުތަކުގައި ފެންބޮޑުވުމުގެ ފުރުސަތު ބޮޑުކަމަށްވެސް ބުނެފައިވެއެވެ.

މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވާ ދުވަސްވަރު ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުވެ، މޫސުމަށް އަންނަ ބަދަލުތައް ކައިރިން ބަލަމުން ގެންދިއުމަށް އިދާރާތަކުން އިލްތިމާސްކުރެއެވެ. އަދި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކަށް ގަދަ ވަޔާއި އެކު އަންނަނީ ވާރޭވެސް ވެހެމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved