April 17, 2026
Advertisement
މުހައްމަދު މަލީހް ޖަމާލް
މުހައްމަދު މަލީހް ޖަމާލް / ސޯޝަލް މީޑިއާ

އާރުޑީސީގެ ގެއްލުން މިއީ ސީދާ މުއިއްޒުގެ އިރުޝާދުގެ ދަށުން ހިނގާ ކަމެއް: މަލީހު

Faina Faiz
ފައިނާ ފާއިޒް
Dec 22, 2025, 10:38 PM
މާލެ ސިޓީ

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން، (އާރްޑީސީ)އަށް ލިބިފައިވާ މާލީ ގެއްލުން މިއީ ސީދާ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ހިނގާ ކަމެއްކަމަށް ޕީޕަލްސް ނޭޝަނަލް ފްރޮންޓްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު މަލީހް ޖަމާލް ވިދާޅުވެއްޖެއެވެ.

Advertisement

އާރްޑީސީއަށް މިދިޔަ އަހަރު 229 މިލިއަން މިލިއަން ރުިފޔާގެ ގެއްލުން ވީކަމަށް "ރަސް އޮންލައިން" އިން ޝާއިއުކޮށްފައިވާ ލިޔުމެއްގެ ސްކްރީން ޝޮޓެއް ހިއްސާ ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވިދާޅުވީ، މިއީ ސީދާ މުއިއްޒުގެ ލަފާއާއި، އިރުށާދުގެ ދަށުން ހިންގާ ކަންކަންކަމަށެވެ.

2024 ވަނަ އަހަރު އެއްކޮށް މި ކުންފުނި ހިނގާފައި ވަނީ ގެއްލުމުގައިއެވެ. އަދި އަހަރުގެ ފަހު ކުއާޓާގައި އެ ކުންފުންޏަށް ވަނީ 70 މިލިއަންގެ ގެއްލުމެއް ލިބިފައި ކަމަށް ޕީސީބީއިން ވަނީ ހާމަކޮށްފައިއެވެ.

އެންމެ ފަހުން މި ކުންފުނި ފައިދާގައި ހިންގާފައި ވަނީ 2022 ވަނަ އަހަރުއެވެ. އެއަށްފަހު 2023 ވަނަ އަހރު އާރްޑީސީއަށް ވަނީ 188 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިއެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓާއަށް ބަލާލި ނަމަވެސް އާރްޑީސީއަށް ވަނީ 114 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިއެވެ.

އާރްޑީސީގެ ކޮރަޕްޝަންގެ މައްސަލަތައް ގިނަ އިރު، އެ ކުންފުންޏާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީއިން އަންނަނީ ބަލަމުންނެވެ. ނަމަވެސް އެކި ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި މި މައްސަލަތައް އޭސީސިއިން ނުބެލެނީ ސަރުކާރުގެ އަތެއް އެކަމުގައި އޮތުމުންނެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved