April 29, 2026
Advertisement
-
- / ސޯޝަލް މީޑިއާ

ބާވެ ބޭނުން ނުކުރެވޭ ހަނގުރާމަ މަތީ ޖެޓްތަކެއް އިންޑިއާއިން ގަންނަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 23, 2025, 01:22 AM
މާލެ ސިޓީ

އިންޑިއާގެ ވައިގެ ސިފައިން (އައިއޭއެފް) އިން، ބޭނުން ނުކުރެވޭ ހާލަތުގައި ހުރި 20 ޖަގަވާ ފަޔަރ ޖެޓް އޮމާނުން ގަންނަން ނިންމައިފި ކަމުގެ ރިޕޯޓްތައް ފެތުރިއްޖެއެވެ.

Advertisement

މި އެއްބަސްވުމަކީ އިންޑިއާގެ މިހާރުގެ ޖަގަވާ ފްލީޓް ދިގު މުއްދަތަކަށް އޮޕަރޭޝަނަލްކޮށް ބެހެއްޓުމަށް، ޚާއްސަކޮށް ސްޕެއާ ޕާޓްސްގެ ދަތިކަން ހައްލުކުރުމަށް އަމާޒުކޮށްފައިވާ މުހިންމު ފިޔަވަޅެއް ކަމަށް ބެލެވެއެވެ.

އޮމާނުން މި ޖެޓްތައް އިންޑިއާއާ ހަވާލުކުރަނީ އެ ގައުމުން އެ މަތިންދާބޯޓުތައް ބޭނުން ނުކުރަން ނިންމާފައިވާތީ ކަމަށްވެއެވެ. މި އެއްބަސްވުމަކީ އިންޑިއާއަށް ވަރަށް މުހިންމު ކަމަކަށް ވެފައިވަނީ، އިންޑިއާގެ ވައިގެ ސިފައިން މިހާރުވެސް ޖަގަވާ ޖެޓްތައް އޮޕަރޭޓްކުރަމުން އަންނާތީ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.

އިންޑިއާގެ ވައިގެ ސިފައިންގެ ތެރޭގައި ހިމެނޭ މި މަތިންދާބޯޓުތަކަކީ، މައިގަނޑު ގޮތެއްގައި ގްރައުންޑް ހަމަލާތަކަށާއި، ސްޓްރައިކް މިޝަންތަކަށް ބޭނުންކުރާ ހަނގުރާމަ މަތީ މަތިންދާބޯޓުތަކެކެވެ.

އޮމާނުން ލިބޭ މި ޖެޓްތައް ބޭނުންކުރާނެ މައިގަނޑު ގޮތަކީ، އިންޑިއާގެ މިހާރުގެ ޖަގަވާ ފްލީޓަށް ބޭނުންވާ ސްޕެއާ ޕާޓްސް ހޯދުމާއި، ކުރެވިދާނެ އަޕްގްރޭޑްތައް ހެދުމެވެ. އިންޑިއާގައި މިހާރު ބޭނުންކުރާ ގިނަ ޖަގަވާ ޖެޓްތައް ދުވަސްވެ، ބާވެ، އެ އުޅަނދުތައް ބެލެހެއްޓުމަށް ދަތިތަކަކާ ކުރިމަތިވަމުން އަންނަ ކަމަށް އިންޑިއާއިން މީގެ ކުރިންވެސް ބުނެފައިވެއެވެ. މިގޮތަށް ބާވެފައިވާ ޖެޓްތައް ހޯދުމުން، މި ދަތިތަކަށް ވަގުތީ ހައްލެއް ލިބިގެންދާނެ ކަމަށްވެސް އިންޑިއާއިން ބުނެއެވެ.

މި މަތިންދާބޯޓުތައް ގަތުމުން، އައިއޭއެފް އަށް މިހާރު އޮތް ޖަގަވާ ފްލީޓް ގިނަ ދުވަހު އޮޕަރޭޝަނަލްކޮށް ބެހެއްޓޭނެއެވެ. މިއީ އިންޑިއާގެ ހަނގުރާމަވެރި ބާރު ދެމެހެއްޓުމަށް އެހީތެރިވެދޭނެ ކަމެކެވެ. ދިފާއީ މާހިރުން ބުނާ ގޮތުގައި މި އެއްބަސްވުމުގެ ދަށުން އައިއޭއެފް ހަރުދަނާކޮށް، މުޅިން އައު މަތިންދާބޯޓުތަކަށް ބޮޑު ޚަރަދެއް ނުކޮށް، އެ ގައުމުގެ ދިފާއީ ގޮތުން ވަރުގަދަ ވެގެންދާނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved