April 17, 2026
Advertisement
-
- / moderndiplomacy

ދިވެހިންނަށް ރައީސެއްގެ ގޮތުގައި ލިބިފައި ހުރީ ނޯޓު ކުރާ މީހެއް: މަލީހު

Mariyam Isaadha
މަރިޔަމް އިސާދާ
Dec 23, 2025, 08:30 PM
މާލެ ސިޓީ

ދިވެހިންނަށް ރައީސެއްގެ ގޮތުގައި ލިބިފައި ހުރީ ނޯޓު ކުރާ މީހެއް ކަމަށް ވިދާޅުވެ، ޕީޕަލްސް ނެޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ސެކެރެޓަރީ ޖެެނރަލް މުހައްމަދު މަލީހު ޖަމާލުގެ ފާޑުކިޔުން ރައީސް ޑރ މުހައްމަދު މުއިއްޒަށް އަމާޒުކުރައްވައިފިއެވެ.

Advertisement

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މަލީހު ވަނީ، މާލޭ މީހުންނަށް ޓަކައި އެޗްޑީސީ އުވާލަން ޖެހޭ ކަމަށް މޭޔަރުކަމުގައި ހުންނަވާ ވިދާޅުވުމަށް ފަހު ރައީސްކަމަށް ވަޑައިގެން އެކަމަށް އަމަލުނުކުރައްވާތީ ރައީސް މުއިއްޒަށް ފާޑުވިދާޅުވެފައެވެ.

އެގޮތުން ރައީސް މުއިއްޒު ދައްކަވަމުން ގެންދަވަނީ ތާކުން ތާކު ނުޖެހޭ "ހޮޅި" ވާހަކަތަކެއްކަން ފާހަގަކުރައްވާ މަލީހު ވިދާޅުވީ ރައީސެއްގެ ގޮތުގައި ދިވެހިންނަށް ލިބިފައި ހުރީ މިނިޓު ނަގަން ރަގަޅު މީހެއް ކަމަށާ ރައީސް މުއިއްޒަކީ ނޯޓު ކުރާ މީހެއް ކަމަށެވެ.

މަލީހު ވަނީ ރައީސް މުއިއްޒުގެ ބަހާ އަމަލާ ދިމާނުވެ ކަންކަން ކުރައްވަމުން ގެންދަވާ ގޮތުން ބޯ ހަލާކުވާ ދަރަޖައަށް ކަންކަން ގޮސްފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved