March 15, 2026
Advertisement
މާލޭ މަގެއްގެ މަތި
މާލޭ މަގެއްގެ މަތި / ސަން އޮންލައިން

މި އަހަރުގެ މިހާތަނަށް މާލެއިން އެކަނި 1،425 ވައްކަމުގެ މައްސަލަ!

Faina Faiz
ފައިނާ ފާއިޒް
Dec 24, 2025, 02:34 AM
މާލެ ސިޓީ

!މި އަހަރުގެ މިހާތަނަށް މާލެއިން އެކަނި 1،425 ވައްކަމުގެ މައްސަލަ ރިޕޯޓުކުރިކަމަށް ފުލުހުންގެ އިދާރާއިން ހާމަކޮށްފިއެވެ.

Advertisement

ފުލުހުން މި ތަފްސީލު ހާމަކޮށްފައި ވަނީ މާލެ އޭރިއާގެ ފުލުހުން ކުރި މަސައްކަތްތަކުގެ ތަފްސީލުދޭން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ސުޕާރއިންޓެންޑެންޓް އޮފް ޕޮލިސް އަބްދުﷲ ރަޝީދުއެވެ.

އޭނާ ވިދާޅުވީ މިއަހަރުގެ މިހާތަނަށް މާލެއިން ވަނީ ޖުމްލަ 3،449 މައްސަލަ ރިޕޯޓްކޮށްފައި ކަމަށެވެ. އަދި މީގެ ތެރެއިން 1،425 މައްސަލަ އަކީ ވައްކަމުގެ މައްސަލަކަމަށްވެސް އޭނާ ވިދާޅުވިއެވެ. މިއީ ދުވާލެއްގެ މައްޗައް 4 ވައްކަމުގެ މައްސަލައެވެ.

އިތުރަށް އޭނާ ވިދާޅުވީ ވައްކަމުގެ މައްސަތަކުގައި ގިނައިން ރިޕޯޓުކުރަނީ ސައިކަލާއި ފޯނު ކަމަށެވެ.

ވައްކަމުން ސަލާމަތްވުމަށް އަޅަންވީ ފިޔަވަޅުތައްވެސް ފުލުހުން ވަނީ ކިޔާދީފައިއެވެ. އެގޮތުން އިރުޝާދަކީ ސައިކަލް މަޑިދަށުގައި އަގުބޮޑު އެއްޗިހި ބަހައްޓާފައި ނުދިއުމާއި، ދިގު މުއްދަތަަކަށް ފުރައިގެން ދާ ނަމަ މީހަކާ ސައިކަލް ހަވާލުކޮށްފައި ދިޔުން ހިމެނެއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved