March 15, 2026
Advertisement
-
- / ޕޮލިސް މީޑިޔާ

ފުލުސް މީހެއްގެ މައްސަލަ އިންޓަގްރިޓީ ކޮމިޝަނުން ބަލަނީ

Aiminath Zawjah
އައިމިނަތް ޒަޢުޖާ
Dec 24, 2025, 02:42 AM
މާލެ ސިޓީ

ތ. ވަންދޫއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފުލުސް މީހާގެ މައްސަލަ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ބަލަން ފަށައިފިއެވެ.

Advertisement

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ހިރިލަންދޫ، ދިލާސާގެ، މުހައްމަދު ނަވާޒު (25 އަހަރު) އެވެ.

ފުލުހުން ބުނާ ގޮތުގައި، ނަވާޒު ހައްޔަރުކުރުމަށްފަހު އޭނާގެ ހަށިގަނޑާއި ގެންގުޅުނު ތަކެތި ބަލައިފާސްކުރުމުގެ ތެރޭގައި އޭނާގެ އަތުގައި އޮތް ބެއާއެއް ފަހާފައި ހުރިކަން ފާހަގަވެގެން އެ ބެއާގެ އެތެރެ ބެލިއިރު، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ހުރި ފަސް ރަބަރު ޕެކެޓު ވަނީ ފެނިފައެވެ.

މީގެ އިތުރުން، ހައްޔަރަށް ގެންގޮސް ނަވާޒުގެ ކުޑަކަމުދާތަކެތި ޓެސްޓުކުރުމުން މަސްތުވާތަކެއްޗަށް ވަނީ ޕޮޒިޓިވް ވެފައެވެ.

މި މައްސަލައާ ގުޅިގެން ނަވާޒު ވަޒީފާއިން ސަސްޕެންޑުކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވާއިރު، މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާ ކަމަށް ވެސް ފުލުހުން ބުނެއެވެ.

ނެޝަނަލް އިންޓަގްރިޓީ ކޮމިޝަނުން މި މައްސަލަ ބެލުމަށް ނިންމާފައިވަނީ، ފުލުހުންގެ މުއައްސަސާގެ ތެރޭގައި ހިންގާ މިފަދަ ކުށްތަކަކީ ގައުމީ ސަލާމަތާއި ރައްޔިތުންގެ އިތުބާރުގެ މައްސަލައަކަށް ވާތީއެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved