April 4, 2026
Advertisement
ބާޒާރުގައި ލުނބޯ އަދި ކެރެޓުގެ އަގު އުފުލިއްޖެ
ބާޒާރުގައި ލުނބޯ އަދި ކެރެޓުގެ އަގު އުފުލިއްޖެ / ތޭރަ އޮންލައިން

ބާޒާރުގައި ލުނބޯ އަދި ކެރެޓުގެ އަގު އުފުލިއްޖެ

Dec 24, 2025, 08:35 PM
މާލެ ސިޓީ

ރާއްޖޭގެ ބާޒާރުގައި ލުނބޯ އަދި ކެރެޓުގެ އަގު އުފުލިއްޖެއެވެ.

Advertisement

މިދިޔަ ހޮނިހިރު ދުވަހު، ލުނބޯ ކިލޯއެއްގެ އަގު ހުރީ، 70 ރުފިޔާގައި ކަމުގައި ވީ ނަމަވެސް މި ތިން ދުވަހުގެ ތެރޭގައި ލުނބޯގެ އަގު ވަނީ މައްޗަށް ޖެހިފައެވެ. އެގޮތުން ކުރިން 70 ރުފިޔާއަށް ހުރި ލުނބޯ ކިލޯ މިހާރު ހުރީ 85 ރުފިޔާއަށެވެ.

ލުނބީގެ އިތުރުން ކެރެޓޮގެ އަގުވެސް އުފުލެން ފަށާފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެގޮތުން ކުރިން 30 ރުފިޔާއަށް ހުރި ކެރެޓު ކިލޯ މިހާރު ލިބެން ހުރީ 55 ރުފިޔާއަށެވެ.

މި ބާވަތްތަކުގެ އަގުތައް އުފުލެން ފަށާފައި ވަނީ، ބާޒާރުން އެ ތަކެތި މަދުވެ، ޝިޕްމަންޓުތައް ލަސްވެފައިވާތީއާ އަދި ޑޮލަރުގެ އަގުވެސް އިންތިހާއަށް މަތިވަމުންދާތީ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

މިދިޔަ ނޮވެންބަރު މަހު ވެސް، މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު މާލޭގައި އަސާސީ ތަކެތީގެ އަގު ވަނީ އުފުލިފައެވެ. އެ މުއްދަތުގެ ތަފާސްހިސާބުން ދައްކާ ގޮތުން، ކެއުމަށް ބޭނުންކުރާ ތަކެތީގެ އަގު މިދިޔަ މަހު ވަނީ، މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 0.16 ޕަސެންޓް އިތުރުވެފައެވެ. އަދި ތަފާތު ބުއިންތަކުގެ އަގުތަކުން ވަނީ 2.91 ޕަސެންޓްގެ އިތުރުވުމެއް ފާހަގަވެފައެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved