March 9, 2026
Advertisement
ލުބޯ ކިލޯއެއް 70 ރުފިޔާއަށް މިރުސް ކިލޯއެއް 330 ރުފިޔާ އަށް، އަދިވެސް ބުނާނީ އަތްފޯރާ ފަށުގައޭ؟
ލުބޯ ކިލޯއެއް 70 ރުފިޔާއަށް މިރުސް ކިލޯއެއް 330 ރުފިޔާ އަށް، އަދިވެސް ބުނާނީ އަތްފޯރާ ފަށުގައޭ؟ / ސޯޝަލް މީޑިއާ

ލުބޯ ކިލޯއެއް 70 ރުފިޔާއަށް މިރުސް ކިލޯއެއް 330 ރުފިޔާ، އަދިވެސް ބުނާނީ އަތްފޯރާ ފަށުގައޭ؟

Mar 8, 2026, 04:50 PM
މާލެ ސިޓީ

ބާޒާރުގައި ލުބޯ ކިލޯއެއް 70 ރުފިޔާއަށް އުފުލިއްޖެއެވެ.

Advertisement

އާންމުކޮށް 30 ރުފިޔާއާއި 35 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައި ވިއްކާ ލުނބޯ، ރޯދަ މަސް ފެށުނުއިރު ބާޒާރުގައި ލުނބޯ ކިލޯއެއް ވިއްކަމުން ދިޔައީ 60 ރުފިޔާއަށެވެ. ނަމަވެސް މިއަދު ބާޒާރުގައި ލުނބޯ ކިލޯއެއް ހުރީ 65 ރުފިޔާއާއި 70 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ.

ބާޒާރުގައި ލިބެން ހުރި އެހެނިހެން ތަކެތީގެ އަގުތަކަށް ބަލާއިރު، ދިވެހިންގެ ތެރޭގައި މަގުބޫލު ކަނޑޫދޫ މިރުސް ކިލޯއެއް މިހާރު އުޅެނީ 330 ރުފިޔާއާއި 380 ރުފިޔާއާ ދެމެދުގެ އަގުތަކެއްގައެވެ. މީގެ އިތުރުން ފަޅޯ ކިލޯއެއް 50 ރުފިޔާއަށް ހުރިއިރު، ޕެޝަން ފުރުޓު ކިލޯއެއް ވިއްކަނީ 120 ރުފިޔާއަށެވެ. އަދި ދޮންކެޔޮ ކިލޯއެއް އުޅެނީ 50 ރުފިޔާއާއި 60 ރުފިޔާއާ ދެމެދުގައެވެ.

ރަތް ކަރާ ކިލޯއެއް 30 ރުފިޔާއަށް ލިބެން ހުރިއިރު، އަލަނާސި ކަރާ ކިލޯއެއްގެ އަގަކީ 35 ރުފިޔާއެވެ. ހަމައެހެންމެ މެލަން ކިލޯއެއް 55 ރުފިޔާއަށް ހުރިއިރު، އަލަނާސިއެއް ވިއްކަނީ 60 ރުފިޔާއަށެވެ.

ތަކެތީގެ އަގު މިހާ އުފުލިގެންދާއިރުވެސް ސަރުކާރުން ބުނަމުން ދަނީ އާންމުންނަށް ބޭނުންވާ އަސާސީ ކާބޯތަކެތި އަތްފޯރާ ފަށުގައި ލިބެން ހުންނާނެ ކަމަށެވެ.

ކޮމެންޓު
Channel 13
Copyright © 2013-2026 Media Ring Pvt Ltd.
All rights reserved